ބޮލީވުޑްގެ މަސްހޫރު ފިލްމީ ތަރިންނަކީ މުޅި ދުނިޔެއަށްވެސް މަޝްހޫރު ތަރިންނެވެ. އެތަރިންގެ ހުނަރާއި މޮޅުކަމުގެ ވާހަކައަކީވެސް އަބަދުވެސް މީހުން ދައްކާއުޅޭ ވާހަކައެކެވެ. ބޮލީވުޑްގައި އެތަށް ތަރިންނެއް އުޅޭއިރު އެތަރިން ފިލްމު ކުޅެދޭ އަގުތަށް މިދަނީ ބޮޑުވަމުންނެވެ. އެހެންކަމުން މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ތަނަވަސް އެކްޓަރަކީ ކާކުކަން އެނގުން މުހިންމެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިވަގުތު ބޮލީވުޑްގައި ހުރި އެންމެ މުއްސަދި އެކްޓަރަކީ ބޮލީވުޑްގެ ރަސްގެފާނު ކަމުގައި ގިނަ ބަޔަކު ދެކޭ ކިންގް ހާން ނުވަތަ ސާހްރުކް ޙާންއެވެ. 1965 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ދެވަނަ ދުވަހު ދުނިޔެއަށް އުފަންވެފައިވާ ސާހްރުކް ހާންގެ މިލްކިއްޔާތުގައި 600 މިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. 29 ފަހަރު އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދާފައިވާ ސާހްރުކް ހާން ކުޅެދީފައިވާ ފިލްމުގެ އަދަދު 300 އަށް ވުރެއް ގިނައެވެ. ބޮލީވުޑްގެ އިތުރުން ދުނިޔޭގެ އެންމެ ތަނަވަސް އެކްޓަރުންގެ ލިސްޓުގައިވެސް ސާހްރުކް ހާން ހިމެނެއެވެ.

ކިންގް ޙާން އާއި ޖެހިގެން ބޮލީވުޑްގައި އެންމެ ތަނަވަސް އެކްޓަރަކީ ބޮލީވުޑްގައި ހަޤީޤީ ކުލަ ޖައްސައިދިން ތަރި އަމީތާބް ބައްޗަން އެވެ. އޭނާގެ މިލްކިއްޔާތުގައި 402 މިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. އަމީތާބާއި ޖެހިގެން 200 މިލިއަން ޑޮލަރާއި އެކު ތިން ވަނައިގައި ސަލްމާން ޙާން އޮތް އިރު 185 މިލިއަން ޑޮލަރާއި އެކު ހަތަރު ވަނައިގައި އޮތީ އާމިރް ޙާން އެވެ.

އެހެންކަމުން ބޮލީވުޑްގައި މިވަގުތު ތިބި އެންމެ މުއްސަދި ތަރިންގެ ލިސްޓުގެ ރަސްކަން މިކުރަނީ ތިން ޙާނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހައި

    ތިތަނުން އެކަކާ އިދެވޭނެ ނަމަ

    • އަލީ

      އަމީތާބު އިންނާނެ މީހަކު އެބަ ހޯދާ!!

    • ހުސޭނުބޭ

      ތި ތަނުން އެންމެ މުސްކުޅި މީހާ އަތުއަޅުވާލަ. ނަސީބެއް ހުރިއްޔާ ލިބޭނެ.