އިންޑިޔާގައި 16 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ދިރިހުއްޓާ އަންދާލައިފިއެވެ.

މިއީ މި މަސް ތެރޭގައި އިންޑިއާގައި ހިނގި މިފަދަ ތިން ވަނަ ހަދިސާއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާގެ ގައިގާ އަލިފާން ރޯކޮށްލީ އުމުރުން 26 އަހަރުގެ މީހެކެވެ. މަދްޔަ ޕްރަދޭޝްގެ ސްޓޭޓެއްގައި މި ހާދިސާ ހިނގިއިރު، އެ ކުއްޖާ މިހާރު ވަނީ މަރުވެފައެވެ.

އެ މީހާ އެ ކުއްޖާގެ ގައިގާ ރޯކޮށްލީ، ރޭޕްކުރި ވާހަކަ އާއިލާ މީހެއް ކައިރީ ބުނާނެކަމަށް ބުނުމުންނެވެ.

ފުލުހުން ބުނިގޮތުގައި، އެ އަންހެން ކުއްޖާ ރޭޕްކޮށްފައި ވަނީ އެކަނި ގޭގައި ހުއްޓައެވެ.

މި މައްސަލާގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކީ އެ އަންހެން ކުއްޖާގެ އާއިލާ މީހެކެވެ. އެ މީހާއަކީ، އެ އަންހެން ކުއްޖާ ރޭޕްކުރި މީހާ ކައިރީ އެ އަންހެން ކުއްޖާ އެކަނި ގޭގައި އޮތްކަން އެންގި މީހާއެވެ.

މިދިޔަ ހަފްތާ ތެރޭގައިވެސް 16 އަހަރުގެ ކުއްޖަކު ރޭޕްކުރިއިރު، އޭގެ ކުރިން ރޭޕްކޮށްފައި ވަނީ 17 އަހަރެގެ އަންެހެން ކުއްޖެކެވެ. މީގެ ތެރެއިން އެކަކު މިހާރު މަރުވެފައިވާއިރު، އަނެކަކަށް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަފްލާ

    އަދިވެސް ރާއްޖެއަށް ފާޑުކިޔާތި

  2. ޓްރަންޕް

    ތީތި ސަޅި، ދި ރޭޕިސްޓް އިންޑިއާގެ ޤައުމީ ކުޅިވަރު. މިކަހލަ ޚބަރުތައް ގެނެސްދޭންޖެހޭނީ ކުޅިވަރު ކޮލަމްގަ.

  3. ޢަހުމަދު

    ޢިންކްރެޑިބަލް އިންޑިޔާ??

  4. ޢެޑަމްބެ

    އެހެން ކުދި ގައުމުތަކަށް އިންޒާރުދީ ބުލީ ކުރަން އެޅެން ހަދައިގެން، ސަރުކާރު ފެއިލްވެ ގައުމުގެ އަންހެނުންގެ އިއްފަތް ތެރިކަން އެ ދަނީ ހަވަރަށް!
    ދެރަ ކަމެއް. އަބަދުވެސް ވަރަށް ރަހުމް ކުޑަ ބައެއް މިވެރިންނަކީ، ކޮއްމެ ސަބަބަކާ ހުރެކަމައްވިޔަސް.

  5. ައައްމަޑޭ

    މިފަަހަރު އިންޑިޔާ. ރާއްޖެ އެއްނޫ ދޯ