ރާއްޖޭގެ ރިސޯޓްތަކުގައި ރެސްޓޯރެންޓްތައް ހަދާފައި ހުންނަ ގޮތުން ލިބުނު ޚިޔާލަކަށް ފަލަސްތީނުގެ ޣައްޒާގައި ރެސްޓޯރެންޓެއް ހުޅުވައިފިއެވެ.

ރެސްޓޯރެންޓުގެ ނަމަކީ "އަލްމާލްދީފް ޣައްޒާ" ނުވަތަ "މޯލްޑިވްސް ޣައްޒާ" އެވެ.

ފަލަސްތީންގެ ނޫހެއްގައި ބުނެފައި ވަނީ ތިން ފަންގިފިލާއަށް ހަދާފައިވާ މި ރެސްޓޯރެންޓް ހުރީ ޣައްޒާގެ އައްސޭރިފަށުގައި ކަމަށެވެ. މެޑިރޭނިއަމް ކަނޑުގެ އައްސޭރިފަށުގައި ހުރި ރެސްޓޯރެންޓްގައި ތިބޭއިރު ކުރެވޭނީ ރާއްޖޭގެ ރަށެއްގައި، އިންޑިއާ ކަނޑުގެ އައްސާރިފަށުން ޖެހޭ ސާފުވައި ލިބޭ ކަމުގެ އިހްސާސް ކަމަށް ނޫހުގައި ބުނެފައި ވެއެވެ.

މިރެސްޓޯރެންޓުން އެންމެ އާއްމު ކެއުމެއްގެ ގޮތުގައި ލިބޭނީ ކަނޑު މަހުގެ ކެއުންތަކެވެ. ނަމަވެސް ތަފާތު ވައްތަރުގެ ޖޫސްތަކާއި، އެއްގަމު މަހާއި ތަރުކާރީގެ ކެއުންތައް ވެސް މިރެސްޓޯރެންޓުން ލިބެން ހުންނާނެއެވެ.

"ޣައްޒާގެ ހިތާމަވެރި، އެކަހެރި މާހައުލުން ކުޑަވަގުތު ކޮޅަކަށް ނަމަވެސް ވިސްނުން އެއްކައިރި ކޮށްލާ ކުޅަދުންވަންތަ ކަމުގެ ރީތި މިސާލެއް ފެންނަން އޮތް ކަނޑު ފެންނަ ހިސާބުގައި ވަގުތު ހޭދަކޮށްލުމަކީ ހާއްސަ އުފަލެއް ލިބޭ ކަމެއް." ރެސްޓޯރެންޓުން ޚިދުމަތް ހޯދަން އިން މީހަކު ބުންޏެވެ.

2005 ވަނަ އަހަރުން ފެށިގެން އިސްރާއީލުން އޮންނަނީ ޣައްޒާ ހިޞާރު ކޮށްފައެވެ. ޣައްޒާގެ އެއްކޮޅުގައި މިސްރު އޮތް ނަމަވެސް އިސްރާއީލް ސަރުކާރަށް ތާއިދު ކުރުމުގެ ގޮތުން މިސްރުން ވެސް އޮންނަނީ ޣައްޒާގެ ބޯޑަރު ބަންދު ކޮށްފައެވެ. އެހެންކަމުން ޣައްޒާއަށް ބޭނުންވާ އަސާސީ ގިނަ ޚިދުމަތްތަކެއް ވެސް ނުލިބެއެވެ.

ޣައްޒާގެ ހުޅަނގުން މެޑިޓަރޭނިއަމް ކަނޑު އޮތް ނަމަވެސް ޣައްޒާ ރައްޔިތުން މަސް ބޭނުމަށް ވެސް އިސްރާއީލް ސިފައިން ހުރަސް އަޅައެވެ. ޣައްޒާގެ މަސްވެރިންނަށް ނިކެމެވެނީ 15 މޭލު ބޭރާއި ހަމައަށެވެ. އިސްރާއީލުން ކަނޑައަޅާފައި އޮންނަ ޒޯންގައި މަސްވެރިކަން ކުރަން ތިބޭ މަސްވެރިންނަށް ވެސް އިސްރާއީލް ސިފައިން ބިރުދައްކާ، ހަމަލާ ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަތަން

    ނަމަނަމަ ތިޔަތާ ތިބެ ހައިފާއަށް ރޮކެޓެއް ނުފޮނުވާތި

    1
    42
  2. ާހަސަނު

    ވަރަށް ގިނަ ގައުމުތަކުގަ އެގޮތަށް ރެސްޓޯރެންޓް ނުވަތަ ކެފޭ ހަދާފަ ހުރޭ. ދެން ބުނަންވީ އެވެސް ރާއްޖޭގެ ހިޔާލަށޭ. ބޮހަލާކު ނޫސްވެރިކަމޯ..

    8
    25
  3. ޢަހުމަދު

    ދީލަތިވަންތަ އިލާހް ިިިިިިިިިިިި އިސްރާއީލައް ސަލާމަތް ނުވާވަރުގެ އަޒާބެއް އަވަހައް ފޮނުއްވާންދޭވެ. ޢާމީން

    57
    1
    • ހައްދުފަހަނައެޅުން؟

      ފޭރިގަނެ ގަދަވެގަނެގެން އުޅޭ ފަލަސްްތީނުގެ ބިން އަނިޔާވެެރިންގެ ކިބައިން މިނިވަން ކުރައްވާށި.

      61
  4. ދަރަނި ދަންތުރަ

    ޔާ ﷲ އިޒުރޭލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ލޮބުވެތިރައްޔިތުން ސަމާމަތްކުރައްވާދޭވެ އަދި އިޒުރޭލު ހަލާކުކުރައްވާ ނެތިކުރައްވާދޭވެ އާމީން

    16