ނީރަޖް ޕާންޑޭ އެންމެ ފަހުން ޑައިރެކްޓް ކޮށްފައިވާ ފިލްމް "އައްޔާރީ" އަށް ޕާޖިސްތާންގެ ސެންސަރު ބޯޑުން އެގައުމުގައި އެޅުވުމުގެ ހުއްދައެއް ނުދިނެއެވެ.

އިންޑިއާގެ ސިފައިންގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ އިތުރުުން މުޅި ފިލްމް ބިނާ ވެފައިވަނީ އިންޑިއާ ސިފައިންނަށްވުން އެއީ ޕާކިސްތަންގެ ސެންސަރު ބޯޑުން ހުއްދަ ނުދިން ސަބަބަށް ވުން އެކަށީގެން ވެއެވެ. ސެންސަރު ބޯޑުގެ އޮފިސަލަކު ބުނިކަމަށް ޓައިމްސް އޮފް އިންޑިއާގައި ވަނީ "މި ފިލްމް އުފެއްދި ފަރާތުން ޕާކިސްތާން ސެންސަރު ބޯޑަށް ފިލްމެއް އަދި ނުލާ. އެކަމަކުވެސް ސެންސަރ ބޯޑުން ހުއްދައެއް ނުދެން މި ފިލްމް ޕާކިސްތާންގައި އަޅުވާކަށް." އެވެ.

"އަހަރެމެން މި ފިލްމް ޕާކިސްތާން ސެންސަރ ބޯޑަކަށް ނުލަން. އެކަމަކު މިހާރު އެނގިއްޖެ މިއީ އިންޑިއާ ސިފައިންނާއި ގުޅުން ހުރި ފިލްމެއްވީމާކަން އެމީހުން މި ފިލްމަށް ހުއްދަ ނުދިނީ" ފިލްމްގެ އެއް ޕްރޮޑިއުސަރު ކަމުގައިވާ ޖަޔަންޓިލާލް ގަޑާ ވަނީ މައުލޫމާތު ދީފައެވެ.

މިއީ ޕާކިސްތާންގެ ސެންސަރު ބޯޑުން އެގައުމުގައި އެޅުވުމުގެ ހުއްދަ ނުދިން ނީރަޖް ޕާންޑޭގެ 3 ވަނަ ފިލްމެއެވެ. މީގެ ކުރިންވެސް އޭނާގެ ފިލްމް "ބޭބީ" އާއި "ނާމް ޝަބާނާ" އަށް ވެސް ޕާކިސްތާންގެ ސެންސަރު ބޯޑުން ވަނީ ނޫނެކޭ ބުނެފައެވެ.

މި ފިލްމުގައި މައިގަނޑު ރޯލުން ނީރަޖް ޕާންޑޭ، ސިދާތު މަލޯތުރާ އާއި އެކު ފެނިގެންދާނީ ޕޫޖާ ޗޯޕްރާ އާއި ރާކުލް ޕްރީތް ސިންގ އެވެ.