އިންޑިއާގެ ޓެލެންގަނާގެ އެެއް އާއިލާއެއްގެ ހަތަރު މީހުންގެ މަރާާއި ގުޅޭ ހަގީގަތްްތައް ހޯދަން ފުލުހުން ފަށައިފިއެވެ. އެ އާއިލާގައި މަރުވި މީހުންގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖަކު ހިމެނެއެވެ.

ހުކުރު ދުވަހު ނަގަޕޫރް ވިލޭޖްގެ ގެއެއްގެ ތެރޭގައި އެ ހަތަރު މީހުން މަރުވެފައި އޮއްވާ ފެނުނުއިރު، ފުލުހުން ބުނެފައި ވަނީ، އެ މީހުން މަރުވެފައި ވަނީ އަމިއްލައަށް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެގޭ ތެރެއިން ވަރަށް ފަހުން ކޮނެފައިވާ ވަޅެއް ފުލުހުންނަށް ފެނުނުއިރު، އެ ވަޅު ތެރެއިން ލުނބޮލާއި، ކާއްޓެއް ފެނިފައިވާ ކަަމަށް ފުލުހުން ބުނެފައި ވެއެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެއީ ފަންޑީތައިގެ ކަމެއް ކަމަށް ވެދާނެއެވެ.އެހެންކަމުން އެގެތެރެ އިތުރަށް ހޯދުމަށް ވަނީ ނިންމާފައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 65 އަހަރުގެ ހަޒީރާ ބީ، އާއި އޭނާގެ އަންހެނުން އަސްމާ ބޭގަމް (42)އާއި ޚަޖާ ޕަޝާ (42) ނަމަކަށް ކިޔާ އެ މީހުންގެ ދަނބި ދަރިފުޅާއި، އެ މީހުންގެ ދަރިފުޅު އަރްސިން ހަސީނާ އެވެ.

ފުލުހުންނަށް ޕަޝާގެ ހަށިގަނޑު ފެނިފައި ވަނީ ގޭގެ ބޭރުން ކަމަށެވެ.

އަދި އެ މީހުންގެ އެއްވެސް މީހެއްގެ ހަށިގަނޑުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށާއި، އެއްވެސް ކަހަލަަ ބޮޑު މާކެއްވެސް އެ މީހުންގެ ހަށިގަނޑުން ފެންނަން ނެތް ކަމަށް ބުނެފައި ވެއެވެ.

"ނަމަވެސް ހަސީނާގެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ސްކްރެޗް މާކް ހުރި، އެކަމަކު އެއްވެސް ކަހަލަ އަނިޔާއެއް، ބޮޑު މާްކްއެއް އެއްވެސް މީހެއްގެ ހަަށިގަނޑުއެއް ނެތް. އަހަރުމެން މި ދަނީ ހުރިހާ އޭންގަލްއަލުން މިކަން ވީ ގޮތް ބަލަމުން. އަދި ފެނުނު ލުނބޯތަކާއި ކާށީގެ ހަގީގަތްވެސް މި ދަނީ ބަލަމުން. އެ މީހުން ޒަހަރު ބޮއިފައިވާކަމަށްވެސް ބެލެވޭ. އެކަމަކު މި އެ މީހުން މަރުގެ ކަންތައް މި ދަނީ ބަލަމުން". ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު