އިންޑިއާގެ ޓެމިލް ނެޑޫގެ ޗެންނާއީގައި އަންހެނަކަށް ގުޅާ ޖިންސީ ވާހަކަތައް ދެއްކުމަށްފަހު، އޭނާއަށް ޖިންސީ ވީޑިއޯ ވީޑިއޯ ފޮނުވި މީހަކު މޮޅު ގޮަތަކަށް އަތުލައިގަނެ ފުލުހުންނާއި ހަވާލުކޮށްފިއެވެ.

މިދިޔަ ބުދަ ދުވަހު، އެ އަންހެން މީހާ، އެ މީހާ އަތުލައިގެންފައި ވަނީ އާއިލާ މީހުންގެ އެހީތެރިކަމާއެކުގައެވެ. ފިރިމީހާއާ މައްސަލަ ޖެހިގެން މައިންބަފައިން ކައިރީގައި ދިރިއުޅެމުން އަންނަ އެ އަންހެން މީހާއަށް ބަރަހަނާ ވީޑިއޯ ފޮނުވާފައި ވަނީ ވަޓްސް އެޕް މެދުވެރިކޮށެވެ.

އެންމެ ފުރަަތަމަ އެ އަންހެން މީހާއަށް މި މީހާ ގުޅީ އޮގަސްޓް ހަތަރު ވަނަ، ދުވަުއެވެ. އަދި އޭނާއަށް ގުޅާ ހަޑި ހުތުރު ބަހުން ވާހަކަދެއްކިއެވެ. އަދި އޭގެ ފަހުން އެކި ނަމްބަރުތަކުން މި މީހާ އެ، އަންހެން މީހާއަށް ގުޅާ ހަދައެވެ. އަދި ވަޓްސްއެޕް މެދުވެރިކޮށް އޮަގަސްޓް އަށް ވަނަަ ދުވަހު އެ އަންހެން މީހާއަށް ވަނީ ބަރަހަނާ ވީޑިއޯއެއް ފޮނުވާފައެވެ.

އެންމެ ފަހުން އެ އަންހެން މީހާ ވަނީ މައިންބަފައިންނާއި ވާހަކަަދައްކައި، އެ މީހާ އަތުލައިގަތުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން އެ އަންހެން މީހާ ފުރަތަމަ ވަނީ އެ ފިރިހެން މީހާއަށް މެސެޖްކޮށް، ވާހަކަ ދައްކަން ބޭނުންވާ ކަމަށް ބުނެ، އެގެއަށް އަންނަން އެދިފައެވެ. އަދި އެ ފިރިހެން މީހާ އެކަމަށް އެއްބަސް ވިއެވެ.

އަދި އެ މީހާ އެ ދުވަހު އަންނަން ނިންމާފައިވާ ގަޑިއަށް، އަންހެން މީހާގެ އާއިލާ މީހުން ތިބީ އެ ކޮޓަރި ތެރޭގައި ފިލާއެވެ. އަދި އެ ފިރިހެން މީހާ އައުމުން، އެ މީހުން ވަނީ އޭނާގެ ގައިގައި ތަޅާ، ފުލުހުންނާއި އޭނާ ހަވާލުކޮށްފައެވެ.

އެ ފިރިހެން މީހާ ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އޭނާ އެކި ތަންތަނުން އަންހެނުންގެ ނަމްބަރު ހޯދައި، އެ މީހުންނަށް ގުޅައި އުނދަގޫ ކުރާ ކަަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުއްލާ

    އެއްވެސް މޮޅުކަމެއް ނެތް..

    24
    5
  2. އަޙްމަދު

    މޮޅުގޮތަކަށް؟ އެއީ އެ މޮޅުގޮތަކީ؟ ޖޭމްސް ބޮންޑު ފިލްމެއް ތީގެ މައްޗައް ހެދިދާނެ.

    23
    4
  3. ޢަންނި

    މި ގޮތް މޮޅުކަމުން މަ ފޭންޓް ވީ ???

  4. ޖަމްބޯ

    މޮޅުވި ގޮތަކީ، ތިޔަފިރިހެންމީހާގެ ބޯ ގަޅިކަން

  5. ?

    އަންހެންމީހަގެ މަޅީގަ ފިރިހެން މީހަ ޖެހުން އެމޮޅު ގޮތެކޭނުން އެކަމަކު ތިގޮތް އާގޮތަކައް ނުވި އަހަރެންގެ އެކުވެރިންނާ އެކީ ތަޖުރިބާ ކޮއްފަ ހުރިކަމަކައްވީމަ މަޖާ ދުވަހެއްއެޔަކީ އެ ކަހަލަ ފޮށޭ ފިރިހެން ގުރޫޕަކައް ހުންނާނީ ރަގަނގަޅު ބޮޑިއެއް ދީފަ އެއްޗެހިންނައް ހަމަ ހަދަންވީ އެހެން