ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު ހޯމަ ވަރަށް ބޮޑަށް އުފުލުމުން އެކުންފުނީގެ ވެރިޔާ އެލޮން މަސްކް ދުނިޔޭގެ ހަތަރު ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ލިބިއްޖެއެވެ. ހޯމަ ދުވަހު މަސްކަށް ވަނީ އަށް ބިލިއަން އެމެރިކާ ޑޮލަރު ލިބިފައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 123 ބިލިއަން ރުފިޔާއެވެ.

ހޯމަ ދުވަހު ޓެސްލާގެ ހިއްސާގެ އަގު ވަނީ %11 އުފުލިފައެވެ. އެއާއި އެކު މަސްކްގެ މިލްކިއްޔާތުގައި ހުރި ފައިސާގެ އަދަދު ވަނީ 84 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައި ކަމަށް ބްލޫމްބާގް އިން ބުނެއެވެ. މަސްކްގެ ކުރީގައި ދުނިޔޭގެ ތިން ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމުގައި އޮތީ ފޭސްބުކްގެ ވެރިކާ މާކް ޒުކަބާކް އެވެ. ޒުބާކްގެ މިލްކިއްޔާތުގައި 99 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ.

ޓެސްލާގެ ހިއްސާގެ އަގު ދުވަހުން ދުވަހަށް އުފުލެމުން ދާއިރު ފަހަކަށް އައިސް ޓެސްލާ އިން ގެންދަނީ އާއްމުންގެ ސަމާލުކަން ހޯދާފަދަ ވެހިކަލްތަކެއް އުފައްދަމުންނެވެ.

މިއަހަރަކީ މަސްކަށް ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާގެ އެންމެ ބޮޑު އުއްމީދާއި ގުޅިފައިވާ ސްޕޭސް އެކްސް އިން ވަނީ މިއަހަރު ނާސާގެ އެސްޓްރޮނޯޓުންތަކެއް ޖައްވަށް ގެންދިއުމަށް ފަހު އަލުން އަނބުރާ އެމީހުން ދުނިޔެއަށް ގެނެސްފައެވެ. ސްޕޭސް އެކްސް އަކީ ޖައްވަށް ފަތުރުވެރިން ގެންދިއުމުގެ އުއްމީދުގައި މަސްކް އުފައްދާފައިވާ ކުންފުންޏެކެވެ. މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ވަނީ ޖައްވީ ދަތުރުތަކަށް މިހާރު ވެސް އިންގިލާބެއް ގެނެސްފައެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި މަސްކްގެ ވިޔަފާރިތައް މިހާރު ކުރިއަށްދާ ގޮތައް ކުރިއަށްދާނަމަ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި މަސްކް ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ތީގެން ހައެއްކަ ޑޮލަރު ޓްރާންސްފަރ ކޮށްދީބަލަ. މިއުޅެނީ އަހަރެންގެ ގައުމުގެ ވެރިން ރައްޔިތުންގެ ފައިސާކޮޅު ނުހަފާ އަދި ފެންފޮދަކާވެސް ނުލާ ދިރުވާލައިގެން. ޕްލީޒް. އެކަމަކު ޓްރާންސްފަރ ހަދާނީ އަހަރެންގެ ޖީބަށް، އެހެންނޫނީ ތި ފޮނުވާ ފައިސާކޮޅު މިތަނުގެ ބޭންކުންވެސް ދިރުވާލަފާނެ. އަހަރުމެންނަށް ސަލާމަތެއްނެތް މިތާކު. މަ ގެންދޭ ކަލޭ ކައިރިއަށް.

    9
    2
  2. އޭނަ

    ކުޑަނަމަވެސް މަސައްކަތެއް ކޮއްގެން ސިނކުޑީގެ ބޭނުންހިފައިގެން ކުރިއަށްދެވޭތޯ އަބަދުވެސް މަސައްކަތްކުރަންވީ، ހުރިހާ އެންމެން އެއްވަރެއް ނުވާނެ، އެކަމަކު އިޚުލާސްތެރިކަމާއެކު ކުރިމަސައްކަތެއް އިރާދަކުރެއްވިއްޔާ ގެއްލިއެއް ނުދާނެ

  3. ދަރަނި ދަންތުރަ

    ކަލޯ މަސްކު ވަރަށް ސަމާލުވާތި ރާއްޖޭ ރައީސްމީހާ ކީރިތިކުރައްވަމުން ވަރަށްމޮޅަށް ވައްކަންވެސް ކުރޭ މަސްކުގެ ތިޔަ ޑޮލަރުތަށްވެސް އިބޫ ކާލަފާނެ މަސްކު ކޮސްވާހާ މޮޅަށް ކީރިތިކުރައްވަމުން

    3
    2