ކައިވެނި ކުރަން ތައްޔާރުވަމުންދިޔަ އެމެރިކާގެ ސްޓޭޓްއެއްކަމަށް ޓެޒަސްއަށް ނިސްބަތްވާ މީހަކު ކޮވިޑް-19 ޖެހުމުން، ކައިވެނި ފަސް ކުރަން ޖެހުނީ ކަމަށް ހީވިއެވެ. ނަމަވެސް، އެ ފިރިހެން މީހާ ސެން އެންޓިނާ މެތޮޑިސްޓް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މި ވަނީ ކައިވެނިކޮށްފައެވެ.

ކާލޮސް އާއި ލޯބިވެރިޔާ ގްރޭސް އާއި އޭނާ ކައިވެނި ކުރިއިރު، އެ ކައިވެނި ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ އާއްމު ވެފައެވެ.

އޮގަސްޓް 11 ވަނަ ދުވަހު ކައިވެނީގެ ހަފްލާ ވަނީ ބާއްވާފައެވެ. އެ ހަފްލާއަށް ހާޒިރުވެފައި ވަނީ އާއިލާ މެންބަރުން އެކަންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ކާލޮސްއަށް ކޮވިޑް-19 ޖެހުނީ ކައިވެނި ކުރަން އުޅުނު ހަފްތާގައެެވެ. އަދި އޭނާގެ ހާލު ކްރިޓިކަލް ވެގެން އައިސީޔޫއަށް ލިއެވެ.

"ކާލޮސްގެ ނަރުހަކު އެ ހިޔާލު ދިނީ ގްރޭސް އާއި ދެ މީހުންނަށް ހޮސްޕިޓަލްގައި ކައިވެނި ކުރެވިދާނެ ކަމަށް. އަދި އޭނާގެ ހާލު ކުރިއަށްވުރެ ބޮޑަށް ރަނގަޅުވާހެން ހީވީމަ". ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ވެއެވެ.

އެންމެ ފަހުން ހޮސްޕިޓަލުން ވަނީ އެ މީހުން ކައިވެނި ކުރި ވީޑިއޯވެސް އާއްމު ކޮށްފައެވެ. ގްރޭސް ހުރީ ކައިވެނީގެ ހެދުމުގައެވެ. ހަފްލާގައި ބައިވެރިވި މީހުން ތިބީ މާސްކް އަޅައިގެންނެވެ.

މިހާރު ކާލޯސްގެ ހާލު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.