ކިޑްނެޕް ކޮށްގެން ގެންދިޔަ މިސްރަށް ނިސްބަތްވާ ޒުވާނަކު 20 އަހަރު ފަހުން އޭނާގެ އަސްލު އާއިލާއާ ބައްދަލުވެއްޖެއެވެ. އޭނާ ބުނެފައިވާގޮތުން، އާއިލާއާ ބައްދަލުވުން ވެގެން ދިޔައީ ހަމަ ފެއަރީ ޓެއިލްއަކަށެވެ.

އީހާބް އަހުމަދު ނަމަކަށް ކިޔާ މިހާރު އުމުރުން 21 އަހަރުގެ އެ ޒުވާނާ ސްޓޭޓް ޓެލެވިޒަންއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، އޭނާ ކިޑްނެޕްކޮށްގެން ގެންގޮސްފައި ވަނީ ތުއްތު އިރުގައި ކަމަށެވެ. އަދި އޭނާ ޔަތީމު ހާނާއެއްގައި ހުއްޓާ އެޑޮޕްޓްކޮށްފައި ވަނީ އެހެން އާއިލާ އަކުން ކަމަށެވެ.

އަދި އޭނާ އެޑޮޕްޓް ކުރި އާއިލާއިން ފަހުން ވަނީ، އެއީ އޭނާގެ އަސްލު އާއިލާ ނޫން ކަމަށް ބުނެފައެވެ.

"އެތައް ފަހަރެއްގެ މަތިން އެޑޮޕްޓް ކުރި އާއިލާ ތެރޭގައި ހިންގި ޒުވާބަަށްފަހު އަހަރެން ނިންމީ އަހަރެންގެ އަސްލު އާއިލާ ހޯދުމަށް، އެގޮތުން އަހަރެން އަތުގައި އަހަރެންގެ ކުޑައިރު ފޮޓޯއެއް އޮތުމުންނާއެކު އެކަން ބެލިން". އޭނާ ބުނެފައި ވެއެވެ.

އީހާބް ބުނީ، އޭނާ އެ ފޮޓޯ މީސް މީޑިއާގައި އާއްމު ކުރުމުން އެތައް ފޯން ކޯލެއް އޭނާއަށް ލިބުނު ކަމަށެވެ.

"އެގޮތަށް އެއް ދުވަހު އަހަރެންނަށް އަންހެން ކުއްޖަކު ގުޅި، އޭނާގެ އަޑުން އަހަރެންނަށް ހީވި އެއީ އަހަރެންނާއި، ގުޅޭ މީހެއްކަން، އެ އަންހެން ކުއްޖާ ވެގެން ދިޔައީ އަހަރެންގެ ކޮއްކޮއަށް

އަދި އޭނާ ވަނީ ފަހުން އެ އަންހެން ކުއްޖާއާ ބައްދަލުކޮށްފައެވެ.

"އޭނާ ބުނި އަހަރެންެގެ ކަނާތުގައި އުފަން ލަފެއް ހުންނަކަމާއި، ދެވަނަ އުފަން ލަށް ވައަތުގައި ހުންނަ ކަމަށް". އެ އަންހެން ކުއްޖާ ދެއްކި ވާހަކަތަކަކީ ތެދެއް ކަމަށް އޭނާ ބުންޏެވެ.

އީހާމް އަކީ މިހާރު ނާރުސްކަމުގެ ދާއިރާއިން ކިޔަވަމުން އަންނަ މީހެކެވެ. މިހާރު އޭނާ ވަނީ ޑީއެންއޭ ޓެސްޓުވެސް ހަދާފައެވެ. އަދި އޭނާގެ އަސްލު އާއިލާކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އެނބުރި އާއިލާ ކައިރިއަށް ދާން އޭނާ އެ ހުރީ ކެއްމަދުވެފައެވެ.