ޓައިމްސް އޮފް އިންޑިޔާގެ ''މޯސްޓް ޑިސަރޔަބަލް މެން 2019''ގެ ނުވަތަ އެންމެ ކާމިޔާބު ފިރިހެނާގެ ލިސްޓްގެ އެންމެ ކުރީގައި ހިމެނޭ ތަރިއަކަށް ބްލީވުޑްގެ މަޝްހޫރު ތަރި ޝާހިދު ކަޕޫރު މި ވަނީ ވެފައެވެ. ޝާހިދު ކަޕޫރަކީ ބްލީވުޑްގެ އެންމެ މަގުބޫލު އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނާގެ ކައިވެންޏަށްފަފަހު ވެސް އެ މަގުބޫލުކަމަށް އެއްވެސް ބަދަލެއް ނާދެއެވެ.

ޖިމަށް ދިޔުމަށް ލޯބިކުރާ ޝާހިދު ކަޕޫރަށް އޭނާއަށް މި ލިބުނު ކާމިޔާބީއަށް ޝުކުރު އަދާކުރަމުން ބުނެފައިވަނީ ވަރަށް އުފަލާއިއެކި މި ހާއްސަ ލަގަބު ބަލައިގަންނަ ކަމަށާއި، ތިމާއަކީ އެހެން މީހުންގެ ލޯބިލިބޭ އަދި އެންމެންވެސް ބަލައިގަންނަ މީހަކަށްވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި ގޮންޖެހުންތައް ބޮޑު އަހަރެއްގައިވެސް އޭނާއަކީ އެ މަގާމަށް އެކަށީގެންވާ މީހެއްކަމަށް ބަލައިގަތްކަމަށްޓަކައި ޝުކުރުވެރިވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އޭނާގެ ޝުކުރުގެ ލިސްޓަށް ހާއްސަކޮށް އޭނާގެ އަންހެނުން މީރާގެ ނަން ހާމަކޮށްފައިވެއެވެ. މީރާއާއި ކައިވެނި ކުރިފަހުން އޭނާއަށް އެތައް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރަމުން ޝާހިދު ބުނެފައި ވަނީ، އެއީ މީރާގެ ސަބަބުން އައިސްފައިވާ ބަދަލުތަކެއް ކަމަށެވެ.

ދި މީގެ އިތުރުން މި ލިސްޓްގައި ވާދަކުރާ އެހެން އެކްޓަރުންނަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ. އެއީ ރަންވީރު ސިންގ، ވިކީ ކޯޝަލް، ޓައިގަރ ޝްރޯޕް ފަދަ އެކްޓަރުންނެވެ.

''މޯސްޓް ޑިސަރޔަބަލް މެން 2019''ގެ ދެވަނައިގައި ވަނީ ރަންވީރު ސިންގއެވެ.