ބޮލީވުޑް އެކްޓަރު ރަންވީރް ސިންގްއަކީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ނުހަނު އިސްކަންދޭ ފަންނާނެކެވެ. އޭނާ ކަސްރަތު ކުރަން ފެށީ އިއްޔެއަކު މިއަދަކު ނޫނެވެ. ދާދިފަހުން އޭނާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުން އެކަން ދޭހަވެއެވެ.

ރަންވީރް އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އާންމުކުރި އޭނާގެ ކުޑައިރުގެ މި ފޮޓޯގައި ފެންނަނީ ކާރޑިއޯ ސައިކަލެއް ދުއްވާ މަންޒަރެވެ.

https://www.instagram.com/p/BiwAKbog7IL/?utm_source=ig_embed

 

މި ފޮޓޯއާއި ގުޅިގެން މީޑިއާގެ ސުވާލުތައް ރަންވީރަށް އަމާޒުވުމާއިއެކު، އެންމެ ކުޑައިރުންފެށިގެންވެސް ކަސްރަތު ކުރުމަށް އަހަންމިއްޔަތު ދޭކަމަށް ރަންވީރް މިވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ރަންވީރް ކަސްރަތަށް ނުކުމެ އުޅެނިކޮށް މަޝްހޫރް ފޮޓޯގްރަފަރު މަނަވް އަށް ފެނިގެން އޭނާވަނީ ވީޑިއޯއެއްކޮށް އިންސްޓަގްރާމްގައި އާންމުވެސް ކޮށްފައެވެ.

https://www.instagram.com/p/Bh6EWQig2Gz/?utm_source=ig_embed

 

ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ ފިލްމު "ގަލީ ބޯއީ" ގެ މަސައްކަތް މިހާރު ނިމިފައިވާއިރު، މި ފިލްމުގައި ރަންބީރް ފެނިގެންދާނީ އެކްޓްރެސް އާލިއާ ބަޓް އާއިއެކުގައެވެ.

ޚަބަރުތައް ބުނާ ގޮތުގައި، ދެން އެންމެ އަވަހަށް ރަންވީރް ކުޅުމަށް ހަމަޖެހިފައިވަނީ ބޮލީވުޑް ފިލްމު "ސިންބާ" އެވެ. މި ފިލްމުގައި އޭނާއާއިއެކު ލީޑް ރޯލުން ފެނިގެން ދާނީ ސާރާ އަލީ ޚާން އެވެ. އެއަށްފަހު ކްރިކެޓް ވޯލްޑްކަޕްގައި ހީނުރާފަދަ ގޮތަކަށް އިންޑިއާއަށް ކާމިޔާބު ލިބޭ ވާހަކައެއްގެ މައްޗަށް ކަބީރް ޚާން ޑައިރެކްޓްކުރާ ފިލްމެއްގެ މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.