އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާގެ ހެދުން އަޅާ އަލަމާރީގައި ހުރިހާ ބްރޭންޑެއްވެސް ހެދުން ހުރެއެވެ. ތަފާތު ޑިޒައިނަރުންގެ ތަފާތު ޑިޒައިންތަކުގެ ހެދުމެވެ. ނަމަވެސް އަހަރެމެން އެންމެނެކޭ އެއްފަދައިން ޕްރިޔަންކާ އެންމެ ގަޔާވާ، ވަކި ހާއްސަ ހެދުންތަކެއް ހުންނަކަން އޭނާގެ އިންސްޓަގްރާމް ބަލައިލުމުން އެނގެއެވެ.
މިގޮތުން ޕްރިޔަންކާ އެންމެ ގަޔާވާ، އެންމެ ކަމުދާ އެއް އަންނައުނުގެ ގޮތުގައި އޭނާ ފާހަަގަކޮށްލާ އެއްޗަކީ އޭނާގެ ހުދުކުލައިގެ ލޭސް ޖެކެޓެެވެ. މި ޖެކެޓަކީ ފްރިޔަންކާ ވަރަށް ގިނައިން ލާ ހެދުމެކެވެ. ޕޫލަށް ދިޔަ ކަމުގައި ވީ ނަމަވެސް އޭނާގެ ހުދުކުލައިގެ ލޭސް ޖެކެޓް ލައެވެ.
ޕްރިޔަންކާ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އާައި އެކު ޗުއްޓީ ހޭދަކޮށްލުމަށް މޫދަށް ދިޔައިރު އޭނާ ލައިގެން ހުރި ރަތް ކުލައިގެ ސްވިމިންގ ސޫޓް މަތިން ވެސް ލާަފައިވަނީ މި ހުދުކުލައިގެ ލޭސް ޖެކެެޓެވެ.
https://www.instagram.com/p/CEKa9TaDoze/?igshid=1vgt4reahus7n
ތަފާތު ޑިޒައިނަރުންގެ ތަފާތު ޑިޒައިނަރ ހެދުން ލާ ޕްރިޔަންކާއަށް މި ހުދު ލޭސް ޖެކެޓް މުހިންމުވީ ކީއްވެބާ؟ ގިނަގިނައިން މި ޖެކެޓް ބޭނުން ކުރަނީ، މިއީ ޕްރިޔަންކާއަށް ކިހައި މުހިއްމު ޖެކެއްޓެއްބާ؟
ޕްރިޔަންކާގެ މި ޖެކެޓް އޭނާއަށް މާ ހާއްސައިރު، އޭނާ ހެދުން އަޅާ ވައްޓަފާޅިއަކީ ތަފާތު ވައްޓަފަޅިއެއްކަމަށް ބުނާ މީހުންވެސް މަދެއް ނޫނެވެ. އޭނާ ހެދުން އަޅާ ގޮތަށް ސީދާ ކޮޕީކޮށްގެން ހެދުން އަޅާ މީހުން އެބަ އުޅެއެވެ.
އޭނަ ލާހެދުން މުޅި ދުނިޔެއިންވެސް ކޮޕީކޮށް އުޅެނީ އެންމެ މީހެއް އެއީ މިއުޅޭ ސުނިޔަންކާ ކޯބްރާ.
ދެން އަމައްޔާތް ތުއިވެގެން އުޅޭ އަންހެނެއްމީ
ތިއީ ޖެކެޓެއްތަ؟ ތިއީ ޕިޖާމާއެއް! ނަސީބެއްނު ފޫގޮޅި މުންޑެއް ނުދެއްކިކަން!
ދެވައްތަރެއްގެ ޖެކެޓެއް އެއީ
ކޮކާފިޔަ ހަދައިގެން ތިޔައިނީދޯ
ނުދޮންނަންޏާ ހަމަ ދުވާނީ ބަބުރު މިލަ ވަސް.
ކުޑަ ފިރިހެން ސޮރަކަށް ކުޅިވަރު ދައްކާލައިެން އުޅޭ އަންހެނެއް