ލޯބިވެރިޔާގެ އަނގައިގައި ހުރި ދަތްތަކުން ހާރެއް ހަދައިގެން ކަރުގައި އަޅުވައިގެން އުޅުނު ފިރިހެނަކު އުމުރަށް ޖަލަށްލާން ޙުކުމްކޮށްފިއެވެ.

އުމުރުން 33 އަހަރުގެ ޑީން ލޯވޭ ނަމަކަށްކިޔާ އެ ފިރިހެންމީހާގެ މައްޗަށް މި ޙުކުމް އިއްވާފައިވަނީ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު 32 އަހަރުގެ އަންހެން މީހާ މަރާލުމަށްފަހު އޭނާގެ އަނގައިގައި ހުރި ދަތްތައް އުފުރައިގެން ގެންގުޅުނު މައްސަލަ ސާބިތުވުމުން މިދިޔަ ހަފްތާގެ ތެރޭގައެވެ.

މި މައްސަލައިގެ ތަހުޤީޤަށް އެނގިފައިވާ ގޮތުގައި، ޑީން އޭނާގެ ލޯބިވެރިޔާ މަރާލީ ދަގަނޑުބުރިއަކުން އަންހެން މީހާގެ ގައިގައި ތަޅައި އަނިޔާކޮށްގެންނެވެ. އަދި އެއަށްފަހު ލޯބިވެރިޔާ މަރުވުމުން ޑީން ވަނީ އޭނާގެ ހަށިގަނޑު ކުދިކޮށް ކޮށާލުމަށްފަހު އެކަން ސިއްރު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ފާހަނާއަށްލައި ފްލެޝްކޮސް އަނެއްބައި ގުނަވަންތައް ކުންޏާއިއެކު އުކާލާފައިވާ ކަމަށް ވެއެވެ.

ތިން ކުދިންގެ މަންމައެއް ކަމަށްވާ އެ އަންހެންމީހާ މަރާލުމަށްފަހު ޑީން ވަނީ އޭނާގެ ހަށިގަނޑު ފަސް ބަޔަކަށް ކޮށާލާފައެވެ. އެއަށްފަހު އެ ހަށިގަނޑު ގޭތެރޭގައި ބާއްވައިގެން މަސްތުވާތަކެތި ބޭނުންކޮށް މަސްތުގެ ހާލަތުގައި ހަފްތާއެއް ވަންދެން އުޅެމުންދިޔަކަން ވަނީ އެނގިގެން ގޮސްފައެވެ.

މި މައްސަލަ ޑީންގެ މައްޗަށް ސާބިތުވުމާއި ގުޅިގެން، އެންމެ މަދުވެގެންވެސް އޭނާ 28 އަހަރު ދުވަސް ޖަލުގައި ހޭދަކުރަން ޖެހޭނެ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޓްރަންޕް

    ތިވަރުގެ ކަމެއް ސިޓަޕްސް އިން ނިމެންވާނެ.

  2. މީ

    أستغفرﷲ