ފެށަނަކީ އާއްމުކޮށް ބަދަލުވަމުން އަންނަ އެއްޗެކެވެ. ގިނަ ފަހަރަށް ފެޝަނަކަށްވަނީ ވަރަށް ތަފާތު އެއްޗެއްސާއި ގޮތްގޮތެވެ.

މިގޮތުން މިފަހަރު ފެޝަނަކަށް ވެގެން މިއުޅެނީވެސް ތަފާތު ފައިވާނެކެވެ. މީގެ ގާތްގަނޑަކަށް 25 ހަކަށް އަހަރު ކުރިން ދުނިޔޭގައި މަޝްހޫރުވެ، ފެޝަން ޓުރެންޑްއަކަށްވި މި ފައިވާން އަނެއްކާވެސް މިވަނީ ފެޝަނުގެ ދުނިޔެއިން މަޤާމެއް ހޯދާފައެވެ.

ކުރޮކްސް ނަމަކަށްކިޔާ މިފައިވާން ތިބާގެ ހަޔާތުން ކޮންމެވެސް ހިސާބެއްގައި ބޭނުންކޮށްފައިވާނެކަން ޔަގީނެވެ. ދިވެހިންގެ ތެރޭގައި މިފައިވާނަކީ އެއް އިރެއްގައި ވަރަށް މަޤްބޫލުވެގެން ދިޔަ ފައިވާނެކެވެ.

މަޝްހޫރު އޮންލައިން ޝޮޕް އީބޭއިން އާއްމުކޮށްފައިވާ މައުލޫމާތަކުން އެގޭގޮތުގައި މިދިޔަ އޭޕްރީލްމަހު އެންމެ ގިނަ އަދަދަކަށް ގަނެފައިވަނީ މިކަހަލަ ފައިވާނެވެ. މިގޮތުން މިދިިޔަ އޭޕްރީލް މަހު ޖުމްލަ 25،000 ފައިވާންގެ އޯޑަރ އީބާއަށް ލިބިފައިވާކަމަށް އީބޭއިން ބުނެއެވެ.

ފަޔަށް އަރާމު މިފައިވާން ދިވެހިންގެ ތެރޭގައި އަލުން މަޤްބޫލުވާން މާ ގިނަ ދުވަސް ނަގާނެ ހެނެއް ހީއެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު