ބޮލީވުޑް ތެރޭގައި އޮތް މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅޭގޮތުން ދާދި ފަހުން އިންޓަވިއު ދިން ކަންގަރާ ރެނައުޓްގެ، އިންޓަވިއު ބަލާފައި އޭނާގެ މަންމަ ރޮއްވާލި ކަމަށް ކަންގަނާ މި ވަނީ ބުނެފައި ވެއެވެ.

ކަންގަނާ މީިސް މީޑިއާ މެދުވެރިކޮށް ބުނެފައި ވަނީ، އޭނާގެ މަންމަ އުއްމީދު ކުރަނީ އޭނާ ކައިވެނިކޮށް، ރޯދަ ހިފާނެ ކަމަށެވެ.

އޭނާ މިގޮތަށް ބުނެފައި ވަނީ، ޓްވިޓާ ޕޭޖްގައި މަންމައާއެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ.

"ރޭ އަހަރެން މަންމައަށް ގުޅިން، އަދި އެހިން އަހަރެންގެ ފަހުގެ އިންޓަވިއު މަންމައަށް ކަމުދޭތޯ، މަންމަ ފެށީ ރޯން، މަންމަ ބުނީ، އޭނާ ރޯދަ ހިފާފައި އުއްމީދު ކުރަމުން ދަނީ އަހަރެން ކައިވެނި ކުރާނެތޯ ކަމަށް. އަދި އަހަރެން ދުނިޔެއަށް އެންމެ އުނދަގޫ ކަންތައްތަކުގެ ވާހަކަތައް ހިއްސާ ކުރަމުން ދާކަމާއި، އަހަރެން އުޅެން ޖެހުނު ހާލު ކިޔާދެމުން ދާކަމަށް". ކަންގަނާ ހިންދީ ބަހުން ލިޔެފައި ވެއެވެ.

އަދި މަންމަ އަށް މީހުން ގުޅާފައި ވާހަކަދައްކާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

ދާދި ފަހުން ރިޕަބްލިކް ޓީވީއަަށް އޭނާ ދިން އިންޓަވިއުއެއްގައި ވަނީ، އޭނާ ވަނީ ފިލްމް އިންޑަސްޓްރީގައި މީހުން އޭނާގެ ނާޖާއިޒް ފައިދާ ނެގި ކަމަށް ބުނެފައެވެ. އަދި އެގޮތުން އެކްޓަރަކު އޭނާއަށް ޖިންސީ ގޯނާ ކުރި ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން، އޭނާ ވަނީ މަޝްހޫރު އެކްޓަރަކު ޑްރަގް ބޭނުން ކުރާ ކަމަށްވެސް ބުނެފައެވެ. އަދި އޭނާ އޯވާޑޯޒް ވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރި ކަަަމަށްވެސް ކަންގަނާ ބުނެފައި ވެއެވެ.

އޭނާ ވަނީ، އޭނާއަށް ބޮލީވުޑް ތެރޭގައި އޮންނަ މިފަދަ ކަންތައްތައް އޭނާ އަށް އިނގޭތީ، އޭނާއަށް ޖެއްސުން ކޮށް، އޭނާ ޖަލަށް ލައި، އޭނާ މަރާލަން އުޅުނު ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜަންގޯލީ

    ތީނަ ދައްކާ ވާހަކައިގަ އޮއްޓަރެއްް ނުހުންނާނެ ބޮލީވުޑުން މަސައްކަތް ހޯދަންވެގެން ބަފަޔަށްވުރެ ކާފަވަރުގެ އަދިތުޔަ ޕަންޗޯލީއާ ހިތާވެގެން ޕާޓީތްކްށް ގޮސް އެކަކު އަނެކަކު އުނގަށް އަތްވައްޓާ ލައިގެން ތި ބިއިރު އޯކޭ އެއިރު ބޮލީވުޑުން ފިލްމެއް ނުލި ބޭ ވިއްޔަ ، ފިލްމްް ލި ބެން ފަށާ ފައިސާ ލި ބެންފެށީމަ އަދިތުޔާ ޖިންސީ ގޯނާކުރާ ކަމަށްްްްވީ ލިވިންގ ރިލޭޝަންސްގަ އުޅުނު އިރު ތިބުނާ ހުރިހާ ގޯނާއެއްވެސް އޮންނާނީ ރުހުމުގަ ކޮށްފަ ތޯއްޗެ އޮންނާނީ

    3
    8