މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެކެވެ. ކޮންމެ މީހަކުވެސް މިރޭ އެންމެ މުހިންމު ކަމެއް ދީގެން ކުރާނެ އެއް ކަމަކީ ހާރު ކެއުމެވެ.

ދިވެހިންގެ ތެރޭގައި އާއްމު ވެފައި އޮންނަ އެއް އާދައަކީ ހާރުދަމު ގިނައިން ކެއުމުގެ އާދައެވެ. އެހެންޔާ މަންމަވެސް ބުނަނީ ގިނައިން ކާނަމަ ޖެހިގެން އަންނަ ދުވަހު ބަނޑުހައި ނުވާނެތާއެވެ. އެހެންނަމަވެސް މިއީ މުޅިއަކުން ރަގަނޅު ވާހަކައެއް ނޫނެވެ.

ޖެހިގެން އަންނަ ދުވަހު ބަނޑުހައިހޫނުކަން މަދުން އިޙްސާސް ކުރަން ބޭނުންނަމަ ހާރު ކާންވީ ގިނައަކުން ނޫނެވެ. ކާންވީ ފައިދާ ހުރިތަކެއްޗެވެ. އަދި ދުރުވާންވީ ސިއްޙަތަށް ފައިދާ ނުހުންނަ ތަކެއްޗާއެވެ.

މިގޮތުން ހާރުދަމު ފެޓްސް ހުންނަ ތަކެތި ކެއުމުން ދުރުހެލިވާން ޖެހެއެވެ. އަދި ކާބޯހައިޑްރޭޓްސް ލިބޭ ކާނާ ކެއުމަށް ސަމާލުވާންޖެހެއެވެ. ބަތް ނުވަތަ ރޮށިކެޔަސް މިކަމުގައި މައްސަލައެއް ނެތެވެ. މީގެ އިތުރުން ހާރުދަމު ދެވަށް ދޮންކެޔޮ ކާން ހަނދާން ބަހައްޓާށެވެ. އޭރުން ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.

ރޯދަ މަހު ގިނަ ވަގުތުތަކުގައި ނުކައި ހުންނަން ޖެހުމުގެ ސަބަބުން ހަށިގަނޑަށް ވެރިވާ ވަރުބަލިކަން ނުވަތަ ކަރު ހިއްކުން ފިލުވާލުމަށްޓަކައި ހާރުދަމު ގިނައިން ފެން ބުއިމަކީވެސް ވަރަށް ގިނަ މީހުން ކުރާކަމެކެވެ. ނަމަވެސް މިކަން މިހެން ކުރުމުގެ ސަބަބުން ޖެހިގެން އަންނަ ދުވަހު ގިނައިން ކުޑަކަމުދިއުން ފިޔަވާ އިތުރު އެހެންކަމެއް ނުވާނެއެވެ.

މީގެ އިތުރުން ރޯދަ މަހު ސިއްޙީ އިތުރު އެހެން ކައްތައްތަކަށްވެސް ސަމާލުވާންޖެހެއެވެ. މިގޮތުން ރޭގަނޑުގެ އެހެން ވަގުތުތަކުގައި ގިނައިން ފެން ބޯންޖެހެއެވެ. ޑަކްޓަރުން ލަފާދީފައިވާ ގޮތަށް 8 ތަށިފެން ރޭގަނޑުގެ ވަގުތު ތަކުގައި ބުއިމަކީ މުހިންމު ކަމެކެވެ. އަދި 6 ގަޑިއިރު ނިންޖަކީވެސް މުހިންމު އެއްޗެކެވެ. ރޯދަމަހު 6 ގަޑިއިރުގެ ނިދި ހަމަކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.

އަދި ހަމައެެހެންމެ، ރޭގަނޑުގެ އެހެންވަގުތު ތަކުގައިވެސް ކެއުމަކީ ބުއްދި ވެރިކަމެކެވެ. އަދި މިވަގުތުތަކުގައިވެސް ސިއްޙަތަށް ފައިދާހުރި ކާނާއާއި ތަރުކާރީ ކެޔުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ކެއުމަކީ ސުންނަތުގައި ވަކިގޮތަކަށް ސާބިތުވެފައި އޮތް ކަމެއް! ހާރު ނޫނަސް އެނޫން ކޮންމެ ގަޑިއަކުވެސް އެނޫން ގޮތަކަށް ކާނަމަ ރަގަޅެއްނުވާނެ!

    2
    1