އެމެރިކާގެ މާޓިން ލާނޭ ކިޔާ އުމުރުން 22 އަހަރުގެ ފިރިހެނަކު އޭނާގެ ލޯބިވެރިޔާ އަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.

ފުލުހުން ބުނާ ގޮތުގައި ލާނޭ އޭނާގެ ލޯބިވެރިޔާ އަށް ހަމަލާ ދިނީ ލޯބިވެރިޔާ ލައިގެން ހުރި ހެދުން ހަޑި ކަމުންނެވެ.

ބަޑި ޖެހި އަޑު އިވިގެން ފުލުހުންނަށް މީހަކު ރިޕޯޓެއް ކުރުމުން ފުލުހުން ލާނޭ ދިރިއުޅޭ ގެއަށް ދިޔައިރު ލާނޭގެ ލޯބިވެރިޔާ އޮތީ ވަޒަން އަރައިގެން ވެއްޓިފައެވެ. ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާ ވަނީ މަރުވެފައެވެ.

ލާނޭ ވަނީ ލޯބިވެރިޔާ އަށް ހަމަލާ ދިން ކަމަށް އެއްބަސްވެފައެވެ. ލާނޭ ބުނީ ލޯބިވެރިޔާ އަށް ހަމަލާ ދިނީ މަރާލުމުގެ ގަސްދަކު ނޫނެވެ. އޭނާ ބޭނުންވީ ލޯބިވެރިޔާ މާހަޑި ހެދުމެއް ލައިގެން ހުރުމުން ލޯބިވެރިޔާ ބިރުގަންނަވާލަން ކަމަށް ލާރޭ ބުންޏެވެ.

މައްސަލައިގެ ދައުވާ އުފުލަން ލާރޭ ފުލުހުންގެ ބަންދުގައި ބަހައްޓަން ކޯޓުން މިހާރު ވަނީ އަމުރު ނެރެފައެވެ.

ފުލުހުން ބުނީ ކުރިއަށް އޮތް ދެދުވަސް ތެރޭގައި އޭނާގެ މައްޗަށް ދައުވާ އުފުލާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު