އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ އެކިކަހަލަ ހުނަރުވެރި ޒުވާނުން ދިރިއުޅެމުން އަންނަ ހުނަރުވެރި ބިމެކެވެ. އެގޮތުން މިފަހަކަށް އައިސް އެންމެ ފާހަގަ ކޮއްލެވޭ އެއްހުނަރަކީ ދިވެހި ޒުވާން އަންހެން ކުދިން އަދި ފިރިހެން ކުދިންގެ ތެރޭގައިވެސް މަގުބޫލުކަމެއް ކަމުގައިވެފައިވާ މޭކްއަޕް ކުރުމެވެ. އެކި ކަހަލަ މުނާސަބާތަކަށް އެކިކަހަލަ ހެދުން އެޅުމަށް ސަމާލުކަން ދޭ ބީދައިން މުނާސަބަތު ތަކާއި ގުޅޭ މޭކަޕްތައް ކުރުންވެސް ޒުވާނުންގެ މެދުގައި މިވަނީ ޗެލެންޖަކަށް ވެފައޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިފަދަ ތަހުޒީބީ ޒަމާނެއްގައި، މިހާބޮޑޮ ސަމާލުކަމެއް ދެމުން މިއަންނަ މޭކަޕް ކުރުމުގައި ފުންނާބު އުސް އެތައް ހުނަރުވެރި ޒުވާނުން ތަކެއް މި ރާއްޖޭގައިވެސް އެބަތިއްބެވެ. އަދި މޭކަޕްގެ ދުނިޔޭގައި އެންމެ އުހަށް ދެވިދާނެ އެތަކެއް ފަންނުވެރިންނެއް އެބައުޅެއެވެ.

އެގޮތުން އަޅުގަނޑު ދައްކާލަން މިއުޅެނީ އެފަދަ ހުނަރުވެރި ކަނބަލެއްގެ ވާހަކައެވެ. މޭކަޕްގެ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރާ މޭކަޕް އާޓިސްޓެއްގެ ވާހަކައެވެ. ދ. މާއެނބޫދޫއަށް އުފަން ނޫމާ މުޙައްމަދަކީ އެތައް ހުނަރެއް ލިބިފައިވާ ޒުވާނެކެވެ. ކުޑައިރުއްސުރެ މޭކަޕް ކުރާހިތްވާ އަދި ކުރަމުން އަންނަ ކަނބަލެއްވެސް މެއެވެ. މިހާރު އުމުރުން 22 އަހަރު ވެފައިވާ ނޫމާ މުހައްމަދަކީ އުމުރުން 16 އަހަރުން ފެށިގެން މޭކަޕްކުރުމުގައި ރަހުމަތްތެރިންނާއި އާއިލާގެ މަގުބޫލުކަން ހޯދައިފައިވާ ޒުވާނެކެވެ.

ނޫމާގެ ފޮޓޯއެއް

ކައިވެނި ހަފްލާތަކާއި އެހެނިހެން ބައެއް ހަފްލާތަކުގައި ވެސް ރަހުމަތްތެރިންނާއި އާއިލާގެ ބޭފުޅުންނަށް މޭކަޕް ކޮށްދެމުން އައި ނޫމާއަކީ މޭކަޕްގެ ދާއިރާއިން ކޮމެވެސް ވަރަކަށް ތައުލީމް ހާސިލް ކޮށްފައިވާ ހުނަރުވެރިއެވެ. ނޫމާގެ މިސްރާބު މިހާރު ހުރީ މިދާއިރާގެ އެހެން ދިމާލަކަށެވެ. އެއީ މަދުން ނޫނީ މިރާއްޖެއިން ނުފެންނަ ބިރުވެރި (ހޮރޯރ) މޭކަޕްއެވެ.

މިކަމަށް ޝައުގުވެރިވެ މިކަން ރަސްމީ ގޮތެއްގައި ކުރުމުގެ ހިޔާލު ނޫމާއަށް ލިބިގެން ދިޔައީ 2016 ވަނަ އަހަރު ކޮއްކޮމެންނާއެކުގައި ސަކަރާތް ޖެހުމުގެ ގޮތުން ކޮށްލި ޖޯކަރ މޭކަޕެއްގެ ސަބަބުންނެވެ. އެ މޭކަޕަށް ކޮއްކޮމެން އަދި އާއިލާގެ އިތުރު ބައެއް މެންބަރުންގެ ތަރުހީބު ލިބުމުގެ ނަތީޖާއަކަށްވީ ހޮރޯ މޭކަޕްގެ ދާއިރާއިން ކުރިއަށް ދިޔުމަށް ހުޅުވާލެވުނު ދޮރަކަށެވެ.

އަސްލާ އެއްގޮތަށް ތަފާތު އެތަކެއް މޭކަޕްއެއް ކުރަމުން އަންނަ ނޫމާގެ ހުނަރުން އެތަށްބަޔަކު ސިއްސުވާލާފައިވާއިރު، ނޫމާ ވަނީ މިކަމުގައި އެތައް ބައެއްގެ ޝައުގުވެރިކަމާއި ލޯބިވެސް ހޯދާފައެވެ. މީސްމީޑިއާގެ އެހީގައި މިކަމުގެ ހުނަރު ދައްކާލަމުން އަންނަ ނޫމާ ހުރީ މިކަމުގައި ކުރިއަށް ދިއުމުގެ ފުރުސަތު ލިބިޖެނަމަ ކުރިއަށް ދިއުމަށް ތައްޔާރަށެވެ.

އަދި ހޮރޯ މޭކަޕްގެ ރޮނގުން ކުރިއަށް ދިޔުމަށް އާއިލާއާއި ރައްޓެހިންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމުގައި ނޫމާ ބުންޏެވެ. ''މަންމަ، ބައްޕަ، ކޮއްކޮމެން އަދި ދައްތަ (ދޮންމަންމަ) އަދި ފިރިމީހާގެ އިތުރުން އާއިލާގެ އެހެން ބޭފުޅުންނާއި ރައްޓެހިންގެ ފަރާތުން ވަރަށް ހިތްވަރުލިބޭ، އަދި މިކަމުގައި ބޭނުންކުރާ ހުރިހާ އެއްޗެއްސެއް ހޯދައިދެނީ މަންމަ. އަދި މިދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭކަމުގައިވާނަމަ މިހުރީ ކުރިއަށް ދާން "ވަގުތު"އަށް މައުލޫމާތު ދެމުން ނޫމާ ބުންޏެވެ.

މޭކަޕް ކުރުމަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ނޫމާއަކީ ދިވެހި ބަސްދެކެވެސް އިންތިހާއަށް ލޯބިވާ ދިވެހިވަންތަ ދަރިއެކެވެ. މޭކަޕްކުރަން ލޯބިކުރާ ފަދައިން ދިވެހި ޅެން ހެދުމާއި އަދަބީބަސް އުފެއްދުމާއި އެކިކަހަލަ ދިވެހި ލިޔުންތައް ލިޔުމަކީ ގަޔާވެގެން ނޫމާ ކުރަމުން އަންނަ މަސައްކަތެކެވެ.

"ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެއް އެއީ ދިވެހި ބަހަށް ހިދުމަތް ކޮށްދިނުމަކީ ނޫމާ ވަރަށް ބޭނުންވޭ ނޫމާގެ ޅެންތަށް ނުވަތަ ނޫމާ އުފައްދާ އަދަބީ ބަސްތައް ދިވެހި ބަހުގެ ތެރޭގައި ހިމެނި އެ ބަސްތައް ބޭނުންކުރެވެން ފެށުން" އެންމެ ކުރާހިތްވާ ކަމާއި ބެހޭ ގޮތުން "ވަގުތު"އަށް މައުލޫމާތު ދެމުން ނޫމާ ބުންޏެވެ.

މޭކަޕްކުރުމުގައި ރައްޓެހިންގެ ލޯބި ހޯދައިފައިވާ ނޫމާއަކީ މުސްތަގުބަލުގައި ދުނިޔޭގެ ލޯބިވެސް ހޯދިދާނެ ފަދަ ހުނަރުވެރި ކަނބަލެކެވެ. ލިބިފައިވާ ހުނަރާއި އެކު ދާއިރާގެ އެންމެ އުހަށް ދެވިދާނެ ފަންނުވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ވަރަށް މޮޅު....

  2. ވަރަށް މޮޅު އާރޓިސްޓެއް

  3. ވަރަށް އޮބި ކުރިޔަށް ބާރަށް ކުރިޔަށް

  4. ވަރަށް މޮޅު ކުއްޖެއް ނޫމާ އަކީ. މައްސަލައްކީ އަޅުގަންޑުމެން ރާއްޖޭގައި ތިކަހަލަ ހުނަރުގެ ބޭނުން ކޮއްގެން އާމްދަނީ ހޯދޭނެ ފުރުސަތު ލިބުން މަދުވާތީ. ކުރިއަށް ދެވެން އޮތް މަގު ބަލައި ހޯދައި ކުރިއަށް ދާނެކަމަށް މި ބަލަނީ. އިރާދަކުރެއް ވިއްޔާ ކާމިޔާބް ލިބޭނެ ނޫމާއަށް..

  5. ބެސްޓް އޮފްލަކް.. އުންމީދަކީ ދުނިޔޭގައި ރާއްޖެ ތަމްސީލްކުރާފަދަ ދަރިަކަށްވުން.

  6. ޓިކަހަލަ ކުދިން ވަރަށްމަދު ގައުމެއް މިއީ.. ޓޭކް ޔުއަރ ޓއިމް އެންޑް ރީޗް ޔުއަރ ގޯލް..

  7. ނޫމާ އަކީ ލިއުމުގައި ވާ ފަދައިން ވަރަށް ގިނަ ހުނަރުތަށް ލިބިފައިވާ ކުއްޖެއް. ކުރަން ބޭނުންވެ ހުރެ އުންމީދާއެކު ކުރިމަތިލަެިފި ނަމަ ކޮންމެކަމެއް ވެސް ކުރެވިދާނެ ފަދަ ހުނަރުން މުއްސަނދި ވެފައިވާ ކުއްޖެއް. ބޭނުން ވަނީ އެހެން ހުނަރުތައް ދައްކާލާނެ ބޮޑެތި ފުރުސަތުތަކެއް. ފުރުސަތު ލިބިއްޖެނަމަ މެދު އުޑުގައި ފިޔަޖަހާނެ ތަރިއެއް ފަދަ ކުއްޖެއް ނޫމާއަކީ.

  8. ފިލްމު ތަކުން ބޮޑެތި ޕްރޮޖެކްޓް ތައް ލިބެންޏާ ވަރަށް ރަނގަޅު ދާއިރާއެއް ތީ ކުރިއަށްދާން. ހޯޕް ފޯ ދް ބެސްޓް..

  9. މިކަހަލަ ޔުނީކް ދާއިރާތަކުގެ ވާހަކަ ހަނދާން ކުރަން އެބަ ޖެހޭ ދުވަސް ދުވަސް ކޮޅުން ފަހުގެ މޭކަޕް އަޕްޑޭޓް ޕިކްސް ފެނި ފުރުސަތުތައް ތަނަވަސް ވާނީ އޭރުންހެން ހީވަނީ!!!