ބޭނުންވާ ތަކެތި

45 ކުކީ ޗޮކްލެޓް ބިސްކޯދު
4 ޖޯޑު (95 މލ) ހެވީ ކުރީމް

1 ސައިސަމުސާ ވެނީލާ އެސެންސް
395 ގ ގެރިކިރު

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ކަމަކަށް އެއްބައި ބިސްކޯދުތައް، ކުރީމް ކޮޅާއި ވަކިކޮށް ތައްޓަކަށް އަޅާށެވެ. އަދި ބިސްކޯދުތައް ކޮތަޅަކަށް އަޅާފައި ފުނޑުކޮށްލާށެވެ. އަދި ބިސްކޯދުގެ ކުރީކޮޅު ދިޔާކޮށްލަން މައިކްރޯވޭވް ކޮށްލާށެވެ.

ދެން ވަކިން ތައްޓަކަށް ހެވީ ކްރީއާއި ވެނީލާ އެސެންސް އަޅާ މިކްސް ވާންދެން އެއްކޮށްލާށެވެ. އަދި އޭގެ ތެރެއަށް ބިސްކޯދު ކުރީމް، ގެރިކިރު އަޅާ އެއްކޮށްލުމަށްފަހު ފުނޑުކޮށްފައި ހުރި ބިސްކޯދުތައް އަޅާލާށެވެ.

ފަހު ކަމަކަށް ވަށްކޮށް އިންނަ ތައްޓެއްގައި ބާކީހުރި ބިސްކޯދުތައް ކައިރި ފަށުގައި އަތުރުމަށްފަހު އޭގެ މައްޗަށް ތައްޔާރުކުރި އައިސްކްރީމް އެޅުމަށްފަހު ފިނިކޮށްލާށެވެ. އެގޮތުން ފިނިކޮށްލުމަށްފަހު އެއްޗެއްގެ މައްޗަށް ތަށި މަތީކޮޅު ޖެހުމަށްފަހު ފަޅައިގެން ކާންފަށަންވީ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައިރީ

    މީރު ވާނެ

    1
    1