މަސްހޫރު ފަންނާނުންގެ މީސްމީޑިޔާ ޕްލެޓްފޯމްތަކަކީ އެތަށް މިލިޔަން މީހަކު ކޮންމެ ދުވަހަކުވެސް ބަލަމުންދާނެ ތަންތަނެއެވެ. ކިރިޔާވެސް ކުޑަ ކުޑަ ކަމެއް ދިމާވިޔަސް އެކަން ކޮންމެވެސް ފަރާތަކަށް ކުޑަ ހިންދުކޮޅެއްގައި ފާހަގަ ކުރެވޭނެއެވެ. މަޝްހޫރު ފަންނާނުންނަށް ޕްރައިވެސީ ނުލިބެއޭ ބުނާ ވާހަކައަކީ އެއީއެވެ.

ވީ ނުވީއެއް ނޭންގި މިދިޔަ އަހަރު ޑިސެމްބަރ 30 ގެ ފަހުން މަސްހޫރު ލަވަކިޔުންތެރިޔާ ނިކީ މިނާޖް އޭނާގެ މީސް މީޑިޔާ ހުރިހާ ޕްލެޓް ފޯމް އަކުން ވަނީ ގެއްލިފައެވެ. މިކަމާއި ގުޅިގެން ނިކީގެ އެތައް މިލަޔަން ސަޕޯޓަރުންނަކަށް ވަނީ ފުން ހިތާމަ އާއި އަސަރުކޮށްފައެވެ. އަދި މީޑިޔާގައި ވަނީ އެތަށް ގޮތަކަށް ވާހަކަ ފެތުރިގެން ގޮސްފައެވެ.

ނިކީ މީސްމިޑިޔާއިން ގެއްލުނު ސަބަބެއްގެ ގޮތުން ބައެއް ފަރާތްތަކުން ބުނަނީ ނިކީ ބަލިވެއިނީ ކަމަށެވެ. ދާދފަހުން މަޝްހޫރު ރިއަލިޓީ ޝޯވްގެ ތަރި، ކައިލީ ޖެނަރ ވެސް ކަންތައް ކުރީ އެފަދައިން ކަމަށާއި ނިކީވެސް ހިނގަނީ ކައިލީ ހިނގި މަގުން ކަމަށް އެފަރާތްތަކުން ބުނަމުން ދެއެވެ. އަދި އަނެއްބައި ފަރާތްތަކުން ބުނަނީ ނިކީގެ މިހާރުގެ ލޯބިވެރިޔާ އޭނާ މީސްމިޑީޔާ ބޭނުން ކުރަން ނުރުހޭތީވެ ދުރުވެލީއެވެ. އަދި ބަޔަކު ނިކީ މިނާޖު ކިޑްނެޕްކޮށްގެން ފޮރުވާފައި ވެދާނެ ކަމަށްވެސް ސަޕޯޓަރުން ބުނަމުން ދިޔައެވެ.

ނަމަވެސް ނިކީ މިވަނީ އޭނާ މީސް މީޑިއާ އާއި ދުރުގައި ހުރި ނަމަވެސް ޢާންމުންނަށް ކޮންމެވެސސް ވަރެއްގެ ހިތްހަމަޖެހުމެއް ހޯދައިދީފައެވެ. ނިކީ މިނާޖް ބުނާ ގޮތުން އޭނާ މީސްމީޑިޔާ އާއި އެއްކޮށް ދުރަށް ދިޔައީކީ ނޫނެވެ. އަދި ދުވަހަކުވެސް ސަޕޯޓަރުން ދޫކޮށް ނުދާނެކަމަށް ބުންޏެވެ.

"އަހަރެން މީސްމީޑިޔާ ބޭނުން ކުރުން ހުއްޓާލީއެއް ނޫން. ދުވަހަކުވެސް އަހަރެން ސަޕޯޓަރުން ދޫކޮށްނުލާނަން، އެއީ އަހަރެންވާ ވައުދެއް،" ނިކީ ބުންޔެވެ.

ނިކީ އިތުރަށް ބުނީ ވަރަށް އަވަހަށް ކުރިއެކޭ އެއްފަދައިން މީސްމީޑީޔާގައި ހަރަކާތްތެރި ވާނެކަމަށާއި އޭނާގެ ސަޕޯޓަރުންނަށް ސަޕްރައިޒްއެއްވެސް އޮތް ކަމަށެވެ. މި ސަބަބަށްޓަކައި ގިނަ ބަޔަކަށް ޤަބޫލުވެފައި ވަނީ ނިކީ ބަލިވެ އިނީ ކަމަށެވެ.