ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުޓް އެ ދަނީ ބޮލީވުޑްގައި އިންޑަސްޓްރީގައި އޮތް މަސްތުވާތަކެތީގެ މައްސަލަ ފާޅުކަން ބޮޑު ގޮތެއްގައި ދައްކަމުންނެވެ. އެ ވާހަކަތައް ދެއްކުމަށްފަހު، އެންމެ ފަހުން އޭނާ ނިންމާފައި ވަނީ ވަކި ވަކި ތަރިންގެ ވާހަކަތައް ދައްކާށެވެ.

އެގޮތުން އޭނާ ވަނީ ފާޅުކަން ބޮޑުގޮތެެއްގައި ތިން ތަރިއެއްގެ ނަން ހާމަކޮށް، އެ މީހުން ލޭގެ ޓެސްޓު ހެދުމަށް އެދިފައެވެ. އޭނާ ބޭނުންވީ، އެ ތަރިން މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް ބަލާށެވެ.

"އަހަރެން ރިކުއެސްޓް ކުރަން ރަންވީރް ސިންގް، ރަންބީރް ކަޕޫރް، ވިކީ ކައުޝަލް، ލޭގެ ސާމްޕަލް ދޭން ޑްރަގް ޓެސްޓު ހެެދުމަށް، އެބަ ވާހަކަ ދެކެވޭ އެ މީހުންނަކީ ކޮކައިން އެޑިކްޓެއް ކަމަށް. އަހަރެން ބޭނުންވަނީ އެ މީހުން މި ވާހަކަތަކުގެ ހަގީގަތް ހާމަ ކުރަން". ޓްވިޓާގައި ޕްރައިމް މިނިސްޓަރގެ އޮފީސް ޓެގްކޮށް އޭނާ ލިޔެފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ކަންގަނާ ވަނީ އޭނާއަށް ބަޔަކު ޑްރަގް ދިން ކަމަށްވެސް ބުނެފައެވެ.

"އަހަރެން ކުޑައިރު، އަހަރެންގެ މެންޓާއެއްގެ ގޮތުގައި އުޅުނު މީހަކު އަހަރެންގެ ބުއިންތަކަށް ހުރޭ ޑްރަގް އަޅާފައި، އެއީ އަހަރެން ފުލުހަށް ގޮސްދާނެތީ، އަހަރެން ބޮލީވުޑަށް ވަދެ، ކާމިޔާބާއި ހަމައަށް ވާސިލްވާން ދިއުމުން، އަހަރެންނަކީ ޑްރަގް ބޭނުން ކުރާ މީހެއް ކަމަށް ބުނެ ފަޅާ އަޑު ފަތުރާލީ". އޭނާ ބުނެފައި ވެއެވެ.

ބޮލީވުޑް ތެރޭގައި އޮތް ޑްރަގް މައްސަލަ ފެންމަތިވެފައި ވަނީ ސުޝަންތްގެ މަރާއި ގުޅިގެން، ތަހުގީގަށް ޑްރަގާއި ގުޅުން ހުރި މައްސަލަތަކެއް ފާހަގަވި ފަހުންނެވެ.