ހަންގަނޑު ތާޒާކަންމަތީ އޮމާންކޮށް ބެހއްޓުމަށް ވިޓަމިންސީ އަކީ ވަރަށް މުހިންމު އެއްޗެއްކަމަށް ކޮސްމެޓޮލިސްޓް ސީމާާ ނަންދާ އިރުޝާދު ދެއްވައެވެ. ބަލިވުމުން ނުވަތަ ހުން އައުމުން ތަފާތު މޭވާތައް ކަނީ ހަށިގަނޑަށް ވިޓަމިންސީ ލިއްބައިދިނުމަށެވެ. ހަމައެެގޮތަށް ހަންގަނޑަށް ގެއްލުމެއް ލިބުމުންވެސް ތަފާތު މޭވާގެ ބޭނުން ކުރެވެއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ވިޓަމިންސީ ބޭނުން ކޮށްގެން ޗާލު ރީތި ހަންގަނޑެއް ހޯދުމަށް ސީމާަ ނަންދާ ދީފައިވާަ މި ކަންކަމަށް ބަލައިލަމާތޯއެވެ.

ވިޓަމިންސީއިން ހަށިގަނޑަށް ފައިދާ ކުރަނީ ކިހިނެއް؟

ވިޓަމިންސީއަކީ ހަންގަނޑުގައި ހުންނަ ރެޑިކަލްސް ދިފާޢު ކުރުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓެކެވެ. މި ރެޑިކަލްސްތަކުގެ ސަބަބަނުން ހަންގަނޑު ބަލިކަށިވެ ވަރަށް ބޮޑަށް ހަންގަނޑަށް އަސަރު ކުރެއެވެ. މި ރެޑިކަލްސްގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް ވިޓަމިންސީ އަކީ މުހިންމު އެއްޗެކެވެ.

ވިޓަމިންސީގެ ބޭނުން ކުރުމުން ހަންގަނޑުގައި ހުންނަ ކޮލެގަން މަސައްކަތް ކުރަން ފަށައެެވެ. އޭގެ ނަތިޖާއެއްގެ ގޮތުން ހަންގަނޑު ވަރުގަދަވެ ރަނގަޅުވެއެވެ.

ހަންގަނޑުގެ ކުލައަށް އަންނަ ތަފާތު ބަދަލުތައް ކުޑަ ކުރުމަށް ވިޓަމިންސީ އެހީތެރިދެއެވެ. އިރުގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކަށް ވެސް ވިޓަމިންސީ އެހީތެރިވެއެެވެ.

ވިޓަމިން ސީ ބޭނުން ކުރަން ފަށަން އެންމެ ރަނގަޅީ މޫސުމެއް ފެށުމުގެ ކުރިން ނުވަތަ ބޮޑު ހަފްލާއަކަށް ތައްޔާރުވާަނަމަ އެ ދުވަހެއްގެ 10 ވަރަކަށް ދުވަސް ކުރިން ކަމަށް ވެސް ކޮސްމެޓޮލޮޖިސްޓް ސީމާ ނަންދާ އިރުޝާަދު ދެއްވައެވެ.

އެހެންކަމުން ކެއުމުގައި ވެސް މިޓަމިން ސީ ލިބޭ ފަދަ ބާވަތްތައް ހިމެނުން ހަށިގަނޑަށް ވަރަށް ރަނގަޅުވާނެއެވެ.