ބަތަލާ ފާތިމަތު އާޒިފާ (އަޒޫ) އާއި އެކްޓަރު އަހުމަދު ސައީދު ކައިވެނީގެ ގޮށް ޖަހާލި ހަބަރު ނޫސްތަކުގެ ފަލަ ސުރުހީއަށް އެރިއެވެ. ވަރަށް ލޯބި ޖޯޑެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މި ދެތަރިން ކައިވެނިކޮށްފައި ވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެ ކައިވެންޏަށް ހަަތަރު އަހަރުވީ އިއްުޔެ އެވެ.
މި ދެމަފިރިންގެ ކައިވެންޏަށް އިތުރު އުފާވެރިކަމެއް ގެނުވީ ދެމަފިރިންނަށް ލިބުނު ލޯބިލޯބި އަންހެން ދަރިފުޅެވެ. މިދެމަފިރިންނަށް ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.
2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ކައިވެނި ކުރި މި ދެތަރިންގެ ކައިވެންޏަށް ހަތަރު އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކޮށްފައިވާކަން އެ މީހުންގެ މީސް މީޑިއާ ބަލާލުމުން އިނގެއެވެ.
އަޒޫ މި ވަނީ އިންސްޓަގްރާމްގައި އެ ހަފްލާގެ ފޮޓޯތައް ހިއްސާކޮށްފައެވެ. އަޒޫ އިންސްޓަގްރާމް ސްޓޯރީއަށް ލާފަައިވާ ފޮޓޯއެއްގައި ފެނިގެން ދަނީ ސައިދު އާއެކު ކޭކެއް ކައިރީގައި ހުއްޓިލައިގެން ހުންނަ މަންޒަރެވެ. އެ ކޭކު ކައިރީގައި ފިނިފެންމާބޮޑިއެއްވެސް އެބަ އޮތެވެ. އަދި އެ ކޭކު ބަހައްޓާފައިވާ މޭޒު މަތި ހުރީ ވަަރަށް ރީތިކޮށްލާފައެވެ.
މީގެ އިތުރުން ސައިދު ވެސް ވަނީ ވީޑިއޯއެއް އިންސްޓަގްރާމް ކޮށްފައެވެ.
https://www.instagram.com/p/CEpSolUpxME/?utm_source=ig_embed
މި ދެ ތަރިންގެ ކައިވެންޏަށް ހަތަރު އަހަރު ފުރުނުއިރު، މިއީ އަޒޫގެ އަލަތު ކައިވެންޏެވެ. ނަމަވެސް މީގެ ކުރިން ސައީދު ވަނީ ކައިވެންޏެއް ކޮށްފައެވެ. އެ ކައިވެންޏަށް ދެ ކުދިންވެސް ލިބިފައި ވެއެވެ.
ފިލްމީ ދާއިރާގައި އަޒޫ ވަރަށް ބޮޑަށް ވިދާލައިފިއެވެ. ހާއްސަކޮށް ފަހުގެ ފިލްމްތަކުގައި އޭނާ ދައްކަމުންދާ ހުނަރު ފާހަގަކޮށްލެވެ އެވެ. ސައިދަށް ބަލާއިރު، އޭނާއަކީ ފެށުނީއްސުރެ ފިލްމީ ދާއިރާގައި އަރަމުން އަންނަ އެކަކެވެ.
މަވެސް ބޭނުން އަޒޫއާއި ކައިވެނިކުރަން
މީގެއިން މިފެންނަ ވީޑިއޯ ކޮޅުން މިފެންނަނީ ސައީދު އަޒޫ ހިފަހައްޓަން ކުރަމުންދާ މަސައްކަތް އަދި ބޭކާރު ޚަރަދު!! ކިހާވަރަކުން ދާނެބާ؟
ކަޕްލް ގޯލްސް
މީނަ ވަރަށް ލަވްޔޫ ވޭ ދޯ އެމަންޖެ ދެކެ@ އެހަދާފައި ހުރި ލަވްޔޫ ތެރޭގައި އެފެންނަ ފުޅިއަކީ އައި ލަވްޔޫ ތަ؟
ހޮޑުލަވާގޮތް ވަނީ.. .???
ކަލޭ ތި ފާޑުކިޔަނީ ހެއްދެވި ފަރާތަށް
މިއީ ދިވެހިން. ދެމީހުން ލޯބިން އުޅޭއިރަށް ޖެލަސްވާލެއް އަވަހޭ.
އެއްމެ 4 އަހަރު . ދެއްކުންތެރި ކަމާއެކު ޕާޓީ ބާވަނީ. ތިހާ ފަހުރުވެރި ކަމާއެކު ތިމާމެންގެ ޢައުރަ ނިވާކޮށް ލާ، މީހުންގެތެރޭގައި އަބުރުވެރި ބައަކަށް ވެލާނަމަ.ކިހާރަނގަޅު ވީސްތޯ
އަދިވެސް އަޒޫބޭނުން އިނތިޒާރު ކުރާނަން.
އަޒޫ ހުސްވާދުވަހަކަށް މިއިންތިޒާރު ކުރަނީ! އެރުން ތިއަށްވުރެ ފުރިހަމަ އެތައްކަމެއް ފެންނާނެ! ތީ ކޯޗެއް!
މިވަރުން ދަންޏާ ވަރިކޮށްފައިވެސް ހަތަރު އަހަރު ފާހަގަކުރާނެ!
އަޒޫ އަކާ ނުގުޅޭ ތި ސައީދަކާ އެއްވެސް ވަރަކަށް
އަހަރެން ތީނަ ދެކެ އެހާ ލޯއްބެއް ނުވަމެވެ@ ކަލޭމެންގެ ތެރެއިން ނަސީބުވެރިއަކާއި ވަރަށް އަވަހަށް ބައްދަލު ކުރާނަމެވެ!
އެންމެ 4؟؟ މަށާ މަގޭ ފިރިމީހާ އިނދެގެން އުޅޭތާ 14 އަހަރު ވެއްޖެ.. އަލްހަމްދުލިﷲ
އެއީ ޖޫސް ފުޅިއެއް...ކަރުދިގު ކޮންމެ ފުޅިއަކީ ރާފުޅިއެއް ނޫން
ޖޫސްފުޅި ބެހެއްތިފައިވަނީ ވައިން ބަކެޓްއެއްގަ؟ ކޮނޮކަހަލަ ވިސްނުމަކުން ކޮށްފައިވާ ޑެކަރޭޝަންއެއްބާ؟...ސާބަހޭ ދިވެހިން!
ސައިފް އާއި ކަރީނާ އޭތަ މިކިޔަނީ
ނުގުޅޭ ޖޯޑެއް ޕިސްޕިސް
ނުގުޅޭ ޖޯޑެއް
ޕިސްޕިސ
ކިހިނެތްހޭ ވަޤުތު ނޫހަށް އެނގެނީ އިއްޔެއަކީ އެމީހުންގެ އެނިވަރސަރީކަން! އެ ތަނުން މީހަކު ގުޅާފަ ބުނީމަ ދޯ އެނގޭނީ!