ބޭނުންވާ ތަކެތި:

1 ޖޯޑު ބަޓަރު ނޫނީ 200 ގުރާމު މެލްޓްކޮށްފައިވާ ބަޓަރު

1 ދަޅު ގެރި ކިރު

ބައި ސަމުސާ ބޭކިން ޕައުޑަރ

2 ޖޯޑު ސެމޮލިނާ

1 ޖޯޑު ގްރައުންޑް އާމަންޑް

ސިރަޕް އަށް

2 ޖޯޑު ހަކުރު

1 ބައި ޖޯޑު ފެން

1 ސައި ސަމުސާ ލުނބޯ ހުތް

1 ސައި ސަމުސާ ފިނި ފެން (ރޯސް ވޯޓަރ)

2 މޭޒުމަތީ ސަމުސާ ގްރައުންޑް އަލްމަންޑް

ތައްޔާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ބަޓަރާއި ގެރި ކިރު އަދި ބޭކިން ޕައުޑަރ އެއްޗަކަށް އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، އޭގެތެރެއަށް، ސެމޮލިނާ، ގްރައުންޑް އާމަންޑް އަދި ފެން އަޅާލުމަށްފަހު ގިރާށެވެ.

ދެން، އަވަނު ތަށި މައްޗަށް، ގިރި ތަކެތި އަޅާ އެއްވަރުކޮށްލާށެވެ. އަދި، 35 މިނެޓު ވަންދެން އަވަނުން ފިހާށެވެ. އަވަނަށް ލުމުގެ ކުރިން 190 ޑިގްރީ އަށް އަވަން ހޫނުކުރަން ހަނދާން ބަހައްޓާށެވެ.

ސިރަޕް ތައްޔާރުކުރާނެ ގޮތް:

ތަވައަކަށް ހަކުރާއި ފެން އަޅާށެވެ. އެއަށްފަހު، ހަ މިނެޓާއި އަށް މިނެޓު ވަންދެން ރަނގަޅަށް ކައްކާލާށެވެ. އޭގެ ފަހުން އުނދުން މަތިން ތަވާ ނަގާ، ލުނބޯ ހިތާއި ފިނި ފެން އަދި ގްރައުންޑް އާމަންޑް އަޅާށެވެ.

އަވަނުން ފިހެވުނު ބަސްބޯސާތައް ކާނީ ސިރަޕް އާ އެކުގައެވެ.