އިންޑިއާގައި ޕަބްޖީ މޯބައިލް ގޭމް ހިމެނޭހެން 100 އަށްވުރެ ގިނަ ޗައިނީސް އެޕް މި ވަނީ އެ ގައުމުގައި ބޭނުން ނުކުރެވޭ ގޮތަށް ހަދާފައެވެ.

މިގޮތަށް ހަދާފައި ވަނީ މި އަހަރުގެ ޖޫން 15 ވަނަ ދުވަހު އިންޑިއާ އަދި ޗައިނާ ސިފައިންނާއި ދެމެދު ކުރިމަތިލުންތަކާއި ގުޅިގެންނެެވެ. މީގެ ކުރިން އިިންޑިއާއިން ވަނީ ޓިކްޓޮކްވެސް ބޭންކޮށްފައެވެ.

މީގެ ދެ ދުވަސް ކުރިން އިންޑިއާއިން ޕަބްޖީ ގޭމް ކުޅުން މަނާކޮށްފައިވާއިރު، މިހާރު އެ ގޭމާއި ވައްތަރު ގޭމެއް އިންޑިއާގައި ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އެ ގޭމުގެ ނަމާއި، ޕަބްޖީގެ ނަމާއިވެސް އެހާ އެއްގޮތެވެ. އިންޑިއާއިން ނެރެން ނިންމާފައި ވަނީ ފައުޖީ އެވެ.

އިންޑިއާއިން ފައުޖީގެ ނަމުގައި ގޭމެއް ނެރުމަށް ނިންމާފައިވާކަން ހާމަކޮށް ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރް ވަނީ އެ ގޭމްގެ ފޮޓޯއެއް އާއްމު ކޮށްފައެވެ.

"މި ގޭމުން ލިބޭ 20އިންސައްތަ ހަދިޔާ ކުރާނީ އިންޑިއާގެ ދިފާއުގައި މަސައްކަތް ކުރާ ސިފައިންނަށް ހާއްސަކޮށްފައިވާ ބާރަތް ކީ ވީރު ޓްރަސްޓް ފަންޑަށް"، އަކްޝޭ ޓްވީޓްކޮށްފައި ވެއެވެ.

މި ގޭމަކީ އިންޑިއާގެ ދުޝްމަނުންގެ ކިބައިން އެ ގައުމު ދިފާރު ކުރުމަށް އިންޑިއާގެ އަސްކަރީ ސިފައިން ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ގޭމެކެވެ. މި ގޭމް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަނީ އެންކޯ ގޭމްސްއިންނެވެ.

މި ގޭމް ނެރުމަށް ހަމަޖެހިފައިވާ ކުންފުންޏަކީ މީގެ ކުރިންވެސް މިފަދަ ގޭމްތައް އުފައްދާފައިވާ ކުންފުންޏެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ގޭމް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. ފުރަތަމަ ނެރުމަށް ހަމަޖެހިފައި ވަނީ އޭގެ ފުރަތަމަ ލެވެލް އެވެ. އަދި މި ގޭމް ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.

މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އިއުލާނުކޮށްފައިވާ އާތުމާ ނިރްބާރް ބާރަތު އަށް ސަޕޯޓް ކުރުމުގެ ގޮތުން އުފެއްދާ ގޭމެއް ކަމަށް ގޯކީގެ ސީއީއޯ ވިޝާލް ގޮންޑަލް ވަނީ ބުނެފައެވެ. މިއީ އިންޑިއާގެ އުފެއްދުންތެރިކަން އިތުރު ކުރުމުގެ ގޮތުން މޯދީ އިއުލާނު ކުރި އޭނާގެ ވިޝަން އެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހާ

    އަސްލު ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާމޯ ޖީ ާާާާާ މާރީތި

    4
    1
  2. އަލީ

    ރާއްޖެއިް ނެރެންވީ ފައުޒީ އޭރައް އިންޑޔާއެއްފެންވަރަކައް ދެޡވޭނެ. ދެން ކޮނޑުހުޅުން ނެއްޓޭވަރައް އަތްޖަހަންވީ.

    5
    3