ކަރައަކީ ދިވެހިންނަށް ރޯދަ މަހުގެ ނިޝާނެކެވެ. ކަރާ ފަންޏަކީ ރޯދަ ވީއްލާ ވަގުތު، ގޭގެއާއި އެނޫންވެސް ތަންތަނުގެ ސުފުރާމަތި ފަޅުފިލުވާލަދޭ ބައިވެރިޔާއެވެ. އާއްމުކޮށް ރާއްޖޭގައި މި ބާވަތް ހައްދާ، ވިއްކާ އުޅޭއިރު، މި ދުވަސްވަރު ބާޒާރުގައި ކަރާގެ އަގު އުޅެނީ ތަންކޮޅެއް މަތީގައިމެއެވެ.

އެހެންކަމުން، ދިވެހީންގެ ރަމަޟާން މަހުގެ މި ބައިވެރިޔާގެ ސަބަބުން ހަށިގަނޑަށް ލިބޭ ފައިދާތައް ބަލާލުމަކީ ނެތް ކަމެއް ނޫނެވެ.

ބަރުދަން ލުއިކޮށްދޭ

ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީވެސް ބަރުދަން ލުއިކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާ ބައެކެވެ. މި މޭވާއަކީ އެބޭނުމަށްވެސް ރަނގަޅު އެއްޗެކެވެ. ރޯދަ މަހު ބަރުދަން ލުއިކުރުމަށް ހިތުލައިގެން ތިބި މީހުންނަށް މިއީ "ސަޅި" އެއްޗަކަށް ވާނެއެވެ.

މި ބޮޑު މޭވާގެ ސަބަބުން ބަރުދަން ލުއިވަނީ އޭގައި ގިނަ އަދަދަކަށް މިނަރަލް އާއި ފެން ހުންނާތީއެވެ. ހަމައެހެންމެ، އޭގައި ގިނަ އަދަދަކަށް އިލެކްޓްރޮލައިޓް މާއްދާއާއި ވިޓަމިން ހުންނާތީވެސް، މި ބޭނުމަށް މި ފުދެއެވެ.

ސްޓްރެސް އިން ދުރުކޮށްދޭ

ކަރާގައި ގިނަ އަދަދަކަށް ވިޓަމިން ބީ6 އެކުލެވޭ މޭވާއެއް ކަމުން މިއީ ސްޓްރެސް، އެންޒައިޓީ އަދި މިފަދަ އެނޫންވެސް ނަފްސާނީ ބަލިތަކުން ދުރުކުރުމަށް މަގުފަހިކުރުވާ އެއްޗެކެވެ.

ހަންގަނޑު ރީތިކޮށްދޭ

ޞިއްޙީ މާހިރުން ބުނާ ގޮތުގައި ކަރައަކީ ހަންގަނޑު ތެޔޮވުމުން ދުރުކޮށްދީ، އޮށާޅަ އާއި އެނޫންވެސް ބިހިތައް ފިލުވާލުމަށް ރަނގަޅު ބާވަތެކެވެ.

އިތުރު އެތައް ފައިދާތަކެއް

ކަރާގައި ގިނަ އަދަދަކަށް ސޯޑިއަމް އާއި ޕޮޓޭޝިއަމް އެކުލެވޭތީ މިއީ ހަކަތަ ލިއްބައިދޭ ބާވަތެކެވެ. ހަމައެހެންމެ، ފައިބަރު އެކުލެވޭތީ، މިއީ ހަޖަމު ކުރުމަށް އެހީވެދޭ ބާވަތެކެވެ. މީގެއިތުރުން، ލޭ މައްޗަށް ދިޔުމާއި އެނޫންވެސް ތަފާތު ބަލިތައް ޖެހުމުން، ކަރާގެ ސަބަބުން ދުރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕެރެޑައިސް އައިލެންޑް ރިސޯރޓްގެ ޗެފަކަށް ދިވެއްސަކު ހުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ. އެކަން އެހެން އެވަނީ އެއީ ޕެރެޑައިސް އައިލެންޑް ރިސޯރޓްގެ ޖީއެމް އަކަށް ވެސް ދިވެއްސަކު ހުރުމުންނޭ އެކަމަކު ރާއްޖޭގެ ރިސޯރޓްސް ތައް އޮޕަރޭޓް ކުރާ އެހެން ރިޗް ބޯއިޒް އިންނަށް ދިވެއްސަކު ރިސޯރޓްގެ ޖީއެމް އަކަށް ބަހައްޓަން އެއްގޮތަަކަށް ވެސް ކަމަކު ނުދޭ ދިވެއްސަކު ޑައިރެކްޓަރ އޮފް އޮޕަރޭޝަންސްގަިއ ބަހައްޓަން ކަމަކު ނުދޭ މިވަނީ ކީއްތޯ ބަލަން އެބަޖެެހެއޭ އަދި ވަން އެން އޮންލީ ފަދަ ޗެއިންސް ތަކުގައި ބޮޑެތި މަގާމް ތައް ދިވެހިންނަށް ނުދެނީ ކީއްވެތޭ އެމެން ގެ ރިސޯރޓް އޮޕަރޭޓް ކުރާތާ 15 އަހަރު ވެގެން ދާއިރު ވެސް ކޮބާތޭ އެމެން ތަމްރީން ކުރި މީހުންނަކީ އެެމެން ރިސޯރޓަށް މުވައްޒަފުން ތަމްރީން ކުރަނީ އޭ ކިޔާ ދިވެހިން ތަމްރީން ކުރަނީ ކުނި ކަހާމީޙާގެ މަގާމަށް ތޭ އެއީ މަމެން ކޮށްލަން ބޭނުންވާ ސުވާލެކޭ ޓު މީ އައި އޭމް ބޮދަރޑް އޮން ދިސް އައި ކާންޓް ޓޭކް ދިސް ސްޓަފް ނޯމޯރ. ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ...