ލޯބިވެރިޔާއެކު ބުރޭކްއަޕް ވުމަށްޓަކައި ފީ އެއް ދައްކާނަން ހެއްޔެވެ؟ މިއީ ޗައިނާގައި އާއްމުވަމުންދާ އާދައެކެވެ.

ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރޭކްއަޕް ވުމަށްޓަކައި ބޮޑު ފީއެއް ޗައިނާ ބައެއް ލޯބިވެރިން ދައްކަމުން އަންނަ ކަމަށެވެ. މިގޮތުން މިދިޔަ ހަފްތާގައި ދެ މިލިޔަން ޔުއާން ބުރޭކްއަޕް ފީއަކަށް މީހަކު ދެއްކި ކަމަށެވެ.

ބީބީސީއިން ބުނެފައިވަނީ މިގޮތަށް ފީ ދައްކަނީ ލޯބީގެ ގޮތުން ގުޅުމަކީ ޗައިނާ މީހުންގެ ނަޒަރުގައި މުޅި ދިރިއުޅުން އެކުގައި ހޭދަކުރުމަށް ވެވޭ ވަޢުދެއް ކަމަށާއި އަދި ކޮންމެވެސް ސަބަބަކާ ހުރެ މިގުޅުން ރޫޅާލަން ބޭނުންނަމަ ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭ ކަމަށް ބުނެފައިވެއެވެ.

ބުރޭކްއަޕް ފީ ނަގަނީ އެކި މީހުން އެކި ވަރަށެވެ. އަދި ބުރޭކްއަޕް ފީ ދައްކަން ޖެހެނީ ގުޅުން އުވާލަން ބޭނުންވާ މީހާއެވެ. އަދި ފީގެ އަދަދު ކަޑައަޅަނީ އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްތަކުގެ ނިސްބަތަށް ބަލާފައި ކަމަށާއި އަދި ހަމަ އެހެންމެ އެމީހަކެކު އުޅުމަށް އަނެއް ލޯބިވެރިޔާކޮށްފައިވާާ މަސައްކަތަށް ބަލާފައެވެ.

ޗައިނާގައި މި އާދަ ވަރަށް ބާރު ސުޕީޑެއްގައި އާއްމުވަމުން އަންނަ ކަމަށް ބީބީސީއިން މައުލޫމާތުދެއެވެ.