ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ވިޔަފާރި ކުރަމުންދާ އިންޑިޔާގެ ވިޔަފާރިވެރިޔަކު، އޭނާގެ މުވައްޒަފުންނަށް ބޮޑު މިސްކިތެއް އަޅައިދީފިއެވެ.

ނަޞާރާ ދީނަށް ނިސްބަތްވާ މި ވިޔަފާރިވެރިޔާގެ ނަމަކީ ސާޖީ ޗެރިޔާން އެވެ. އޭނާ ނިސްބަތްވަނީ އިންޑިޔާގެ ދެކުނުގެ ކެރެލާ ސްޓޭޓަށެވެ.

ސާޖީގެ ޚަރަދުގައި، އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފުންނަށް މި މިސްކިތް ހުޅުވައިދީފައިވަނީ މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށެވެ. އަދި، އެމިސްކިތް ހުންނަނީ އޭނާގެ މުވައްޒަފުންނަށް ހަމަޖައްސައިދީފައި ހުންނަ އެކޮމޮޑޭޝަން ބްލޮކުގެ ކައިރީގައެވެ.

މެދުއިރުމަތީގެ މީޑިޔާތަކުންވެސް މިކަން ރިޕޯޓުކޮށްފައިވާއިރު އެތައް ބައެއްގެ ސަމާލުކަން ސާޖީ އަށް ދަނީ ލިބެމުންނެވެ.

މިސްކިތް ބިނާކުރުމާ ގުޅޭގޮތުން ސާޖީ ބުނެފައިވަނީ މިކަން ކުރަން ނިންމީ، ކޮންމެ ވަގުތަކުވެސް ނަމާދަށް ދާން ޖެހުމުން އޭނާގެ މުވައްޒަފުން، ޓެކްސީއެއް ހިފައިގެން މިސްކިތަށް ދާން ޖެހޭތީކަމަށެވެ. އަދި، ކޮންމެ ފަހަރަކުވެސް ޓެކްސީ ދަތުރަކަށް 20 ދިރުހަމު އަރައެވެ.

ޔޫއޭއީގެ ސަރުކާރުންވެސް، އޭނާއަކީ ނަޞާރާއެއްކަމުގައިވިޔަސް، މިސްކިތް ބިނާކުރުމަށް އެތަކެއް އެހީތަކެއް ވެދީފައިވެއެވެ. އެގޮތުން، މިސްކިތުގެ ކޮންސްޓްރަކްޝަން ސައިޓަށް ހިލޭ ފެނާއި ކަރަންޓު ގުޅައިދީފައިވެއެވެ.

ހަމައެހެންމެ، މިސްކިތް ބިނާކުރުމަށް ހެޔޮ އެދޭ ފަރާތްތަކުން އެތަކެއް އެހީތަކެއް ވެފައިވެއެވެ. އެގޮތުން، ފާރުގައި ލާ ކުލަޔާއި ވެލިވެސް ހަދިޔާކޮށްފައިވެއެވެ. އެހެންނަމަވެސް، މި މިސްކިތް، ސާޖީ ބިނާކޮށްފައިވަނީ އޭނާގެ އަމިއްލަ ފައިސާއިންނެވެ.

މިސްކިތް ބިނާކުރުމަށް 1.3 މިލިޔަން ދިރުހަމު ޚަރަދުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދޮންމޮހޮނު

    ކޮންފަދަ ތިޔަމީހާކު ތިޔަހާ ހަރަދުކޮށްފަ ، އިސްލާމްދީން ގަބޫލުކުރާނަމަ ، ހެޔޮނިޔަތުގަ ތެދުމަގުހޯދަން މަސަައްކަތްކުރާ މީހަކަށް ﷲ ސުބުހާނަހޫވަތައާލާ ހިދާޔަތުގެ ތެދުމަގު ދައްކަވާނެ ، މިސްކިތް ބިނާކޮށްފަވެސް ﷲ އަށް ސިރުކުކޮށް ކާފަރެއްގެ ގޮތުގައި އެކަލާންގެ ހަސަރަތަށް ދާންޖެހިއްޖެނަމަ ތިކަމުން ތިމީހާއަށްވާާނެ ފައިދާއެއް ނޯންނާނެ ، ޔާﷲ އެެމީހާއަށް ތަދުމަގު ދައްކަވާށި ، އާމީން

    • ހިދާޔަތް

      އާމީން!

  2. އަހްމަދު

    ޔާﷲ ސާޖީއަށް އިސްލާމީ ހިދާޔަތު މިންވަރު ކުރައްވާދޭނވެ.

  3. ދޮންބެ

    އާމީން.