ބޭނުންވާ ތަކެތި (4 ސާވިންސް)

1 މޭޒުމަތީ ސަމުސަލުގެ އެކްސްޓްރާ ވާޖިން ތެޔޮ

1 ޕައުންޑު ބޯންލެސް ކުކުޅު

1 ފިޔާ (ކޮށާފައި)

5 ލޮނުމެދު (ގާނާފައި)

1 ދެ އިންޗީގެ އިނގުރު (ގާނާފައި)

½ ސައި ސަމުސާ ރީނދޫ

2 ސައި ސަމުސާ ދިރި

2 ސައި ސަމުސާ ތެޅި މިރުސް/ ލޮނު މިރުސް ހަވާދު

2 ސައި ސަމުސާ ގަރަމް މަސާލާ

1 ސައި ސަމުސާ އަސޭ މިރުސް

1 ދަޅު ކްރަޝްޑް ޓޮމާޓޯ

2 ސައި ސަމުސާ ހެވީ ކްރީމް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ތެއްޔެއްގައި މެދު ގިނީގައި ތެޔޮ ފޮދު ހޫނުކުރާށެވެ. އެއަށްފަހު، އޭގެތެރެއަށް ކުކުޅު ކޮޅި އަޅާލުމަށްފަހު މަޑު ރަން ނުވަތަ މުށި ކުލައެއް އަރަންދެން ކައްކާށެވެ. ދެން، ކުކުޅުކޮޅު އެހެން ތައްޓަކަށް އަޅާލާށެވެ.

އޭގެފަހުން، ތެލީގެ ތެރެއަށް ފިޔާކޮޅު އެޅުމަށްފަހު މަޑުވަންދެން، ގާތްގަނޑަކަށް ފަސް މިނެޓު ވަންދެން ރަތްކުރާށެވެ. ދެން އޭގެ ތެރެއަށް ލޮނުމެދު، އިނގުރު، ދިރި، ތެޅި މިރުސް/ ލޮނު މިރުސް ހަވާދު، ގަރަމް މަސާލާ އަދި އަސޭ މިރުސްކޮޅު އަޅާލާށެވެ. އޭގެފަހުން، މިނެޓެއް ވަންދެން ރަނގަޅަށް ކައްކާލާށެވެ. ދެން، ޓޮމާޓޯ ކޮޅު އެޅުމަށްފަހު 15 ވަރަކަށް މިނެޓު ވަންދެން ރަނގަޅަށް ކައްކާށެވެ. މިގޮތަށް ކައްކާއިރު، ރަނގަޅަށް ތެލި ތެރެ ހާކަން ސަމާލުކަން ދޭން ވާނެއެވެ.

އޭގެފަހުން، ހެވީ ކްރީމް އާއި ކުކުޅުކޮޅު ތެލޮ ތެރެއަށް އަޅާލުމަށްފަހު ހޫނު ވަންދެން ތެލޮ ތެރޭގައި ކައްކަމުން ހާކާށެވެ.

މިއީ ބަތާއި ރޮށި ނުވަތަ ފަރާޓާއާއެކު ކާންވެސް ރަނގަޅު އެއްޗެކެވެ.