ކޮންމެ ދުވަހަކުވެސް މަގުމަތިން ހިނގާފައިދާއިރު، ބައެއްގެ އުނދަގޫތަކާއި ކުރިމަތިވެއެވެ. ފޮށުން ނޫންކަމެއް ނުކުރެއެވެ. އެތައް ބައެއްގެ އުނދަގޫތަކާއި ތަހައްމަލު ކުރަމުން އަންނަ ޒާހިދާގެ (އަސްލު ނަމެއް ނޫން) ހާލަކީ މިއީއެވެ. ވާނީވެސް އެހެންތާއެވެ. އަށް ދަރިންގެ އާއިލާގެ އެންމެ ބޮޑު ދަރިއަށްވެފައި ލޯތްބައި އަޅާލުން ނުލިބުނީއެވެ. ނަމަވެސް އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްލާނެފަދަ ރީތި ނަލަ ސާދާކަމެއް އޭނާއަށް ލިބިފައި ވެއެވެ.

އެ ކުރަނގި ދެލޮލާއި ހިތިފަތު ބުމައާއި ޖަމްބުމާ ކޯތާފަތާއި ރާޅުބާނި އިސްތަށިގނޑާއި ފިލޮޅު ތުންފަތުގައި އެތައް ބަހަކި ދީވާނާކޮށްލިއެވެ.

އެހެނަސް އެކަމުގައި ޒާހިދާއަށް ހިތްހަމަޖެހުމެއް ނެތެވެ. މައިންބަފައިންނާއި އާއިލާގެ ފަރާތުން ލިބެމުން އަންނަނީ އަނިޔާއާއި ހިތްދަތިކަމެވެ. އެހެން އުޅެން ޖެހިފައިވުމުން އުޅުމަށް ބަދަލު އައިސް، އުމުރުން 15 އަހަރުގައި މަސްތުވާތަކެތި ބޭނުން ކުރަން ފެށުނީ މިފަދަ އެތައް ކަމެއް ތަހައްމަލް ކުރަމުން ދިޔަ ދިއުމުގެ ތެރެއިން ދިމާވި ރަހުމަތްތެރިންތަކެއްގެ ސަބަބުންނެވެ. އުޅުމާއި އަހްލާގީ ފެންވަރު ސުމަކަށް އޭރު ވެއްޓިއްޖެއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހި އެންމެ ފަހުން ފައިސާ ހޯދާނެ ނުހޯދާނެ ގޮތެއް ނޭނގި ޒާހިދާ ހާލުގައި ޖެހިއްޖެއެވެ. ކުރިން އޭނާ ފައިސާ ހޯދަމުން ދިޔައީ ބައެއް ގޭގޭގައި މަސައްކޮށްގެން ލިބޭ ފައިސާއިންނެވެ. މިހާރު އޭނާއަށް މީހުންގެ ގޭގޭގައި މަސައްކަތް ކުރަން ފުރުސަތެއް ނުލިބެއެވެ. އެއަށްވުރެ އޭނާގެ އުޅުން ވަނީ ގޯސްވެފައެެވެ.

މިގޮތަށް ދުވަސްތައް ދަމުން ގޮސް އެންމެ ފަހުން ޒާހިދާ ހަށިވިއްކަން ފެށިއެވެ. ބިދޭސީންނާއި އެކި މީހުންނަށެވެ. މިގޮތަށް އޭނާ ފައިސާ ހޯދަމުންދިޔައިރު، މަސްތުވާތަކެތީގެ މައްސަލަތަކުގައި އޭނާ އެތައް ފަހަރަކު ހައްޔަރުކުރިއެވެ. ނަމަވެސް އެ މައްސަލަ ސާބިތުނުވެ ދޫކޮށްލަނީއެވެ.

އެއް ރެއެއްގެ ދަންވަރުގެ ވަގުތެވެ. ޒާހިދާއަށް އަންނަނީ ފޯނު ކޯލެކެވެ. އެ ގުޅި މީހާ އެދުނީ އޭނާ ކައިރީ އޭނާ ބުނާތަނަކަށް ދިޔުމަށެވެ. ރަށުގެ ގިނަ ފިރިހެނުންނާއި ގުޅުން އޮންނަ ޒާހިދާ އެއްވެސް ހާސްކަމެއް ނެތި މި ދަނީ އޭ ކިޔާފައި ފޯނު ބާއްވާފައި އެ މީހާ ބުނިތާކަށް ދިޔައެވެ.

ޒާހިދާ އެތަނަށް ދިޔައިރު ފަސް ވަރަކަށް އިތުުރު ފިރިހެނުން ތިއްބެވެ. އެންމެން ކަހަލަ ގޮތަކަށް ޒާހިދާ ވަށާލިއެވެ. އަދި ފަހަރަކު މީހަކުވެގެން އޭނާ ރޭޕްކުރަން ފެށިއެވެ. އޭނާގެ ވޭނީ އަޑުއަހާނެ އެއްވެސް މީހަކު ނެތެވެ. އެންމެ ފަހުން ހަ މީހުންވެގެން އޭނާ ރޭޕްކޮށް އަންދާލީއެވެ.

އެ ހާދިސާއަށްފަހު އެ ހަ މީހުންނަކަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ނަސީބެއް ނުލިބުނެެވެ. ރޭޕްކޮށް މަރާލި ޒާހިދާގެ ސިފާގައި ޖިންނިއެއް އެ މީހުންނަށް އުނދަގޫކުރެއެވެ. އަދި ރަށު ތެރެެއިންވެސް އެ ޖިންނި ފެންނަކަމަށް ވެއެެވެ. އެ ޖިންނި ފެންނަނީ އެކަންޏެއް ނޫނެވެ. އޭނާގެ އުރުގައި ކުޑަދަރިއެއްވެސް އިނެވެ.

މީހުން ބުނާގޮތުންނަމަ ޒާހިދާ އަންދާލިއިރު އޭނާ ބަނޑުބޮޑެވެ. އެނގިފައިވާގޮތުގައި، ޒާހިދާ ރޭޕްކޮށް އަންދާލި ހަ މީހުންވެސް ވަނީ މަރުވެފައެވެ. (މަރާލާފައެވެ).

ނޯޓް: މިއީ ރާއްޖެ ތެރޭ ރަށެއްގައި ހިނގި ހާދިސާއެއްކަމަށް ގިނަ ބަޔަކު ބުނަމުންދާ ވާހަކައެކެވެ. މި ވާހަކާގައި ރަށާއި އަތޮޅުގެ ނަން ހާމަކޮށްފައި ނުވަނީ މި ވާހަކަ ކިޔާދިން ފަރާތުގެ އެދުމުގެ މަތިންނެވެ. މި ވާހަކައަށް ވާނީ ކުޑަކޮށް އުނި އިތުރުކަން ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދީމް

    ހަހަހަ ހިންދީ ބިރުވެރި ފިލްމަކާ ވައްތަރީ

    50
    3
  2. އިބުރޭ1122

    ކޮންއިރަކު އަންހެނެއް އަންދާލީ މިރާއްޖޭގަ؟

    73
    2
  3. ދިޔާނާ

    ހަޤީޤީ ހާދިސާއެއް ނަމަ އަހަރެމެންނަށް ނޭނގިއެއް ނުހުންނާން. މިއީ ހިޔާލީ ދޮގު ބުހުތާނު ވާހަކައެއް. މިވާހަކަ ކިޔައިދިން މީހާގެ ދޫ ބުރިކުރޭ

    65
    5
  4. ހަސަނު

    ދެން މިހާރު ތިޔައޮތީ ހިޔާލީ ވާހަކައަކަށް ބަދަލުވެފަ ދެއްތޯ

    45
  5. ޔާރާ

    ޖިންނި އާ ތި ސުވާލު ކުރީޔާ އިނގޭނެ ހެން ހީވަނީ!
    ޖިންނި ކިޔާދިނީމަ އެގޮތައް އެވާހަކަ އެއޮތީ!

    39
    3
  6. ސާރާ

    ދެހާސް ފަންސާސްވަނަ އަހަރު ހިނގާފާނެ ކަމައް ލަފާކޮއް ސައިންޓިސްޓެއް ބުނި ވާހަކައެއް.
    ވައްތަރު.....

    44
    1
  7. ބަޖާޖް

    ލޮލް! ޒާހިދާ ލިޔެވިފަ އޮތީ އޮޅުމަކުން. ރަނގަޅު ގޮތަކީ ޕްރޭނާ!

    27
    1
  8. ޙަލީ

    ފޭކު ވާހަކައެއް

    17
    3
  9. ވަގުތޭ

    މިއީ ހިޔާލީ ދޮގު ބުހުތާނު ވާހަކައެއް.

    23
    1
  10. މަންޖެ

    ރާއްޖޭގައި އަންހެނަކު އަންދާލި ވާހަކަ ދުވަކަކުވެސް އަޑެއްނާހަން؟؟ މީ ކޮން ޒަމާނެއްގައި ހިނގާދިޔަ ކަމެއްބާ؟؟ .

    34
    • އާލިމް

      އެނދި މަރިޔަނބު

      19
  11. ނުރަބޯ

    ހިންދީ ޓެލެޑްރާމާއެއްގެ ތަންކޮޅަކާ ވައްތަރީ.?

    25
  12. ޝަހިންދާ

    ނޭނގޭ ވާހަކަ ނުދައްކަބަލަ ???

    5
    1
  13. Anonymous

    ކުރައިން ޕެޓްރޯލްގެ ގެތަންކޮޅެއް

    8
    1
  14. ނޯ ނޯ

    ކުރައިން ޕެޓްރޯލް ގެތަންކޮޅެއް

    6
    3
  15. އަނގަ ގަދަ މިތުރު

    ހަމަ ސީދާ ބޮޑު ދޮގެއް މިއީ