އިންޑިއާގައި އުމުރުން 86 އަހަރުގެ މާމައަކު ރޭޕްކޮށްލައިފިއެވެ.

އުމުރުން ދުވަސްވީ އެ އަންހެން މީހާ ރޭޕްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު ގެ ކައިރީގައި، މަޑުކޮށްގެން ހުއްޓާ ދަނޑަކަށް ގެންގޮސްގެންނެވެ.

"އޭނާ ހުރީ މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ގެ ކައިރީގައި، ކޮންމެ ދުވަހަކުވެސް އޭނާއަށް ކިރު ގެނެސްދޭ މީހާ އަންނަންދެން. އެތާގައި ހުއްޓާ މީހަކު އޭނާ ކައިރިއަށް އައީ". ދިއްލީގެ ކޮމިޝަނަރ އޮފް ވުމެންޑްގެ ހެޑް ސްވަތީ މަލިވަލް ބީބީސީއަށް މައުލޫމާތު ދެމުން ބުންޏެވެ.

"އަދި، އެ މީހާ އެ އަންހެން މީހާ ގާތުގައި ބުނީ، އޭނާއަށް ކޮންމެ ދުވަހަކު ކިރު ގެނެސްދޭ މީހާ ނާންނާނެ ކަމަށާއި، ކިރު ފޯރުކޮށްދޭ އެހެން ތަނަކަށް ގެންގޮސްދޭނެ ކަމަށް" މަލިވަލް ބުންޏެވެ.

އެ މީހާގެ ބަހަށް ހެއްލިގެން އެ މާމަ ދިޔައެވެ. އެ މީހާ އެ މާމަ ގެންދިޔައީ ކައިރީގައި ހުރި ދަނޑަކަށެވެ. އެތަނަށް ގޮސް، އޭނާ އެ މާމަ ރޭޕް ކުރިއެވެ.

"ރޮއެފައި އާދޭސް ކުރި، ދޫކޮށްލުމަށް، އެހެން ނުހެދުމަށް އެ މާމަ ބުނީ. ތިއީ އޭނާއަށް މާމަ ދަރިއެއް ކަހަލަ ކުއްޖެއް ކަމަށްވެސް ބުނި، އެކަމަކުވެސް އެ ވާހަކަތައް އޭނާ އަޑެއް ނޭހި، އެ ވާހަކަތަކުންވެސް އޭނާ ސަލާމަތެއް ނުވި". މަލިވަލް ބުންޏެވެ.

އެ މާމަ ރޮއެފައި ކުރަމުންދިޔަ އާދޭސް އަޑުއިވުނީ އެ ސަރަހައްދުން ހިނގާފައި ދިޔަ ބަޔަކަށެވެ. އެ މީހުން ވަނީ އެ މާމަ ސަލާމަތް ކޮށްފައެވެ. އަދި އެ މީހުން ވަނީ، އެ މާމަ ރޭޕް ކުރި މީހާ ފުލުހުންނާއި ހަވާލު ކޮށްފައެވެ.

މަލްވަލް ވަނީ އަންގަރަ ދުވަހު އެ މާމަ އާ ބައްދަލު ކުރުމަށް އެެގެއަށް ގޮސްފައެވެ. އަދި އޭނާ ކިޔާދިން ވާހަކަތައް އަޑު އަހާފައި ހިތްފަޅައިގެންދާ ވަރު ވާކަމަށް މަލިވަލް ވަނީ ބުނެފައެވެ.

"އޭނާ އެތަނުގައި އުޅުނު ހާލަތުގެ ވާހަކަ އަޑުއިވިފައި ޝޮކެއް ލިބޭ ވަރު ވާނެ. އޭނާގެ މޫނާއި ގައިގައި ހުރީ އަނިޔާ ދީފައި ހުރި ނިޝާންތައް، އޭނާ ބުނީ، ކުޑަކަމުދާ ތަނުން ލޭ އަންނަ ވާހަކަވެސް، އަދި މިހާރުވެސް ހުރީ އެ ބިރުވެރިކަމުގައި". މަލިވަލް ބުނެފައި ވެއެވެ.

މަލިވަލް ޑިމާންޑް ކުރަމުން ދަނީ އެ މާމަ ރޭޕް ކުރި މީހާ މެރުމަށެވެ.

"އަހަރެން މި ލިޔަނީ ދިއްލީ ހައިކޯޓުގެ ވީފް ޖަސްޓިސްއަށާއި، ސިޓީގެ ލިއުޓިނެންޓް ގަވަރުނަރަށް، އެއީ އެ މައްސަލަ އަވަސްކޮށްދިނުމަށާއި، ކުރިއަށް އޮތް ހަ މަސް ތެރޭގައި އޭނާ ދަންޖެއްސުމަށް". މަލިވަލް ބުނެފައި ވެއެވެ.

އިންޑިއާގައި ކޮންމެ އަހަރެއްގެ ތެރޭގައި 10،000 އަށްވުރެ ގިނަ ރޭޕް މައްސަލަތައް ފެންމަތިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައަހުމަދު

    އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުރިމީހެއްނޫން ތީކީދޯ.

    23
  2. ފައްޔާޒު

    ތިކަންވާނީ ނެރީގޭ ބުއްޅަބެޔައް.

    4
    1
  3. ނުރަބޯ

    ހިކަނދި މީދަލާ ގެރިބަކަރިން ފެށިގެންގޮސް އިންސާނުންނަށް ވެސް އަޅުކަންކޮށް އުޅޭ ނަޖިސް ކާފަރުންގެ ކޮން ހަމައެއް ލަމައެއް އޮންނާނީ....؟ މިރާއްޖޭގައި ވެސް މިއުޅޭ ލާދީނީ ރީނދޫ ބައިގަނޑުގެވެސް ހުންނާނީ ހަމަ އެ އުޞޫލު.

    4
    6