މޭކަޕާއި ފެހުމުގެ ދާއިރާއިން އޭނާގެ ހުނަރުވެރިކަން ގިނަ ބަޔަކަށް ދައްކާލާފައިވާ، ހދ. ކުޅުދުފުއްޓަށް ނިސްބަތްވާ މުހައިމިން އިބްރާހީމް އެންމެ ބޭނުންވަނީ ރާއްޖޭގެ ދެވަނައެއް ނެތް މަޝްހޫރު ފިލްމީ ތަރި، ނިއުމާ މުޙައްމަދުގެ ހެދުމެއް ފެހުމުގެ ފުރުސަތެކެވެ. "ވަގުތު"އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި މުހައިމިންގެ އެ ހުވަފެނުގެ ވާހަކަ އޭނާ ދައްކާފައިވާއިރު، މުހައިމިންގެ ހުވަފެނުގައި މިއަދު ވަނީ ހަޤީޤީ ކުލަ ޖެހިފައެވެ.

މުހައިމިންގެ ވާހަކަތައް "ވަގުތު" އިން މިއަދު ގެނެސްދީފައިވާއިރު، އޭނާ ފޭސްބުކުން ޓެގް ކޮށް މިއަދު ނިއުމާ ކުރި ޕޯސްޓެއްގައި ވަނީ އެ ފުރުސަތު މުހައިމިނަށް އޮތްކަން ހާމަކޮށްފައެވެ.

މުހައިމިން ދިން އިންޓަވިއުއާއި ގުޅޭ ރިޕޯޓް ފޭސްބުކުން ޝެއަރކޮށް ނިއުމާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މުހައިމިނަށް އޭނާގެ ހެދުމެއް ފެހުމުގެ ފުރުސަތު އޮތްކަމަށާއި، އެގޮތުން އެކަމަށް މިއަހަރުގެ އޮކްޓޯބަރު 20 ވަނަ ދުވަހަށް ތައްޔާރުވުމަށް އެދޭކަމަށެވެ.

މުހައިމިނަށް ނިއުމާގެ ހެދުމެއް ފެހުމުގެ ފުރުސަތު ލިބިފައި މިވަނީ، "ނިއުމާގެ ހެދުމެއް ފެހޭނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރެވޭ،" ކަމަށް އޭނާ ބުނެފައި ވަނިކޮށެވެ.

"އޭނާގެ މޭކަޕަކާއި، އޭނާއަށް އެ ހުރިހާ ކަމެއްކޮށްދެވޭނެ ދުވަހެއް އެއީ ވަރަށް އިންތިޒާރު ކުރަން. އަދި މިކަމުން އެވޯޑެއް ލިބޭނެ ދުވަހަކަށްވެސް ވަރަށް އިންތިޒާރު ކުރަން. އަދި މިކަމުން އާއިލާ ޕްރައުޑް ވާވަރުގެ ދުވަހެއް ލިބިއްޖެޔާވެސް ވަރަށް އުފާވާނެ،" މުހައިމިން ބުންޏެވެ.

މުހައިމިންގެ ހުނަރު ވަރަށް ގިނަ ކައިވެނީގެ ޙަފްލާތަކުންނާއި އެފަދަ އެނޫންވެސް ޚާއްސަ ޙާފްލާތަކުން ފެނިގެން ގޮސްފައިވާއިރު، ގިނަ ބަޔަކު ވަނީ އޭނާގެ އެ ފުރިހަމަ މަސައްކަތް ބަލައިގަނެފައެވެ. އޭނާގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ލިބެމުންދާއިރު، އޭނާއަކީ މި ދާއިރާގައި ފިޔަ ޖަހަން ފަށާފައިވާ ހިއްވަރުގަދަ ޒުވާނެކެވެ. މުހައިމިނަށް "ވަގުތު" އިން އެދެނީ ދާއިރާއިން އިތުރު ކާމިޔާބީއާއި ކުރިއެރުމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިކަހަލަ ކަންތައްތަކަށް ހިއްވަރުނުދިނަސް ހެޔޮ...

  2. ކަމަނަ މުހައްމަދު

    ޢިނގިރޭސި ރާނީ އަށް ހެދުމެއް ފެހުން ފަދަ ކަމެއް ތި ހާސިލްވީ.

  3. ސާބަހޭ މުހައިމިން. ވޭޓުގޯ މޭން. މީހުނއ ކިޔާފާނެ އެއްޗަކަށް ބަލާނެ ކަމެއް ނެތް.

  4. މުޙައްމަދު

    ފާސްޓު އިނގޭ. މިއަދު އިންޓަވިއުދީ. ހިނދުކޮޅެއްގެ ތެރޭގާ އެއޮތީ ފުރުސަތުލިބިފާ.