ކައިލީ އާއިއެކު މިހާރު ލޯބީގެ ގުޅުމެއް ނެތްކަން އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ރެޕާ، ޓީގާ ހާމަކޮށްފިއެވެ.

ދެމީހުން ވަކިވުމަށް ފަހު އެދެމީހުންގެ ގުޅުމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޓީގާ ބުނީ އޭނާ އާއި ކައިލީ އާއި ދެމެދު މިހާރު އެއްވެސް ކަހަލަ ލޯބީގެ ގުޅުމެއް ނޯންނަ ކަމަށާއި ކައިލީ އުޅެނީ އޭނާގެ ދިރިއުޅުމާއިގެން ކަމަށެވެ.

ޓީގާ މިހެން ބުނެފައިވާ އިރު ކައިލީގެ މިހާރުގެ ލޯބިވެރިޔާ، އުމުރުން 25 އަހަރުގެ ރެޕަރ ޓްރެވިސް ސްކޮޓް އާއި ހަވާލާދީ "ރޭޑަރ އޮންލައިން" ގައި ބުނެފައިވަނީ އޭނާއާއި ކައިލީގެ ގުޅުން މިހާރު ނިމިފައިވާ ކަމަށެވެ. "އަހަރެމެން ދެމީހުންނަކީ އެކީ އުޅުމަށް ގާބިލް ބައެއްނޫން" ޓްރެވިސް ސްކޮޓް ބުނިކަމަށް ވެއެވެ. އެކަމަކު އަބަދުވެސް ކައިލީދެކެ ލޯބިވާނެކަމަށާއި ދަރިފުޅު ދެކެވެސް ލޯބިވާނެކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ދެތަރިންނާ ގާތް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުން، ކައިލީ ވަނީ އޭނާ ދޫކޮށް ނުދިޔުމަށާއި އަލުން އެނބުރި ގުޅުމަށް ޓްރެވިސް އަށް އާދޭސް ކޮށްފައެވެ. "ކައިލީ ބޭނުން ނުވޭ ޓްރެވިސް އޭނާ ދޫކޮށްލިކަމަށް ގަބޫލުކުރާކަށް. އަދި އަބަދު އެކުގައި އުޅުމަށް ޓްރެވިސް ގާތުގައި އެދެމުންދޭ،" ކައިލީ ގެ ގާތް ފަރާތްތަކުން ބުނެފައިވެއެވެ.

ކައިލީ މިހާރު ވިހާފައިވާ އިރު ކައިލީ ވިހާފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހު ސެންޑައި ސިނައި އެލް އޭ ހޮސްޕިޓަލްގަ އެވެ. ކައިލީ އަށް އަންހެން ކުއްޖަކު ލިބުނު އިރު އެ ކުއްޖާ އަށް ދީފައިވާ ނަމަކީ ސްޓޯމީ ވެބްސްޓަރ އެވެ.

ކައިލީ އަންހެން ކުއްޖަކު ވިހާފައިވާއިރު އެކުއްޖާ ވިހެއި ފަހުން އޭނާގެ މިހާރުގެ ލޯބިވެރިޔާ އުޅެނީ އެހެން ގެއެއްގައެވެ. ކައިލީއާއި ސްކޮޓް ވަކިން އުޅޭތީ ގިނަ ބައެއް ސުވާލު އުފައްދާފައިވާއިރު މިކަމާއި އެދެމީހުން ކުރެ އެކަކުވެސް އަދި މާގިނަ ވާހަކަތަކެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކައިލީގެ މިހަބަރު ކިޔާލުމުން އެބަހީވޭ އަސްވާގު ފައުޒީ އޭ ކައިލީގެ މިހާރުގެ ލޯބިވެރިޔަކީ

  2. ދެން އެހެންވީމަ އެގަައުމުގަ ވަރި ގިނައެއް ނުވާނެއެންނު. ލޯބިވެރިޔާ ނަގައިގެން އެކީ ދިރިއުޅެފަ ދަރިން ހޯދާފަ. ކައިވެނި ކުރުމެއް ނޯވޭ. އުޅެން ބޭނުންނެތީމަ ދޫކޮށްލަންވީ. ވަރިކުރެވޭނީ ކައިވެނި ކޮށްގެންތާ.

  3. ކައިލީއަކީ ހާދަ ރަގަޅު އަންހެންކުއްޖެއް. ހިތާވާ ކޮންމެ ފިރިހެހެނަކަށް ނހލލ ދަރިަޔކު އެބަ ވިހާދޭ!