ގިނަ ބައެއްގެ މެދުގައި މަގުބޫލް ޕްލޭ ސްޓޭޝަން ކުޅޭ ހިތްވާ މީހުންނަށް ވަރަށް އަވަހަށް ޕީއެސް 5 ފެންނާނެއެވެ. ޕީއެސް 5 ނެރުމަށް ތާވަލްކޮށްފައި އޮތް ތާރީހް ސޮނީ އިން ހާމަ ނުކުރި ނަމަވެސް އެމަޒޫންގެ ޖަޕާން ވެބްސައިޓްގައި މި ތާރީހް މިހާރު ވަނީ އާންމުކޮށްފައެވެ.

މި ވެބްސައިޓުގައިވާ ގޮތުން ޕީއެސް 5 ނެރުމަށް ހަމަ ޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ދި އެކްސް ބޮކްސް ސީރީސް އެސް އާއި އެކްސް ބޮކްސް ސީރީސް އެކްސް ނޮމެބަރު 10 ގައި ނެރޭނެ ކަމަށް މައިކްރޯ ސޮފްޓުން އިއުލާން ކުރި ނަމަވެސް ސޮނީގެ ޕީ އެސް 5 ނެރޭނެ ތާރީހް އިއުލާނެއް ނުކުރެއެވެ. އެއީ ގޭމު ކުޅޭ މީހުން އެއަށް އިންތިޒާރު ކުރުމަށެވެ.

އެމަޒޫން އިން ޖެހި ހަބަރު މިހާރު އެ ވެބްސައިޓުން ނަގާފައިވާ ކަމަށްވެއެވެ.

ޕީއެސް 5 އެއީ ސޮނީގެ އެންމެ ފަހުގެ އަދި އެންމެ މޮޅު ގޭމެވެ. ޕީއެސް 4 އާއި ޕީއެސް 4 ޕްރޯގެ ކާމިޔާބަށްފަހު ޕީއެސް 5 އާއްމުންނާއި ހަމައަށް އަންނަ އިރު މީގެ ވެސް ދެ ވާޝަންއެއް ލިބެން ހުންނާނެއެވެ.

ޕީއެސް 5 ޕްރޮޕާ އަދި ޑިޖިޓަލް އެޑިޝަންއެއް ހުންނާނެ ކަމަށް މާޗް މަހު ނޫސް ކޮންފަރެންސްއެއްގައި ސޮނީ އިން ބުނެފައިވެއެވެ.