ބޭނުންވާ ތަކެތި

200ގ ފުށް
200ގ ހަކުރު
2 ކުކުޅުބިސް
1 ސައިސަމުސާ ބޭކިންގް ޕައުޑަރ
1 މޭޒުމަތީ ސަމުސާ މާޖަރިން
1 ސައިސަމުސާ ވެނީލާ އެސެންސް
1/2 ޖޯޑު ފެން
ކާކުލަ (ބޭނުން ކުލައެއް)

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ފުށުގެ ތެރެއަށް ބޭކިންގް ޕައުޑަރ އެއްކުރުމަށް ފަހު ފުރާނާލާށެވެ. ދެން މާޖަރިން، ބިސް އަދި ހަކުރު އެއްކޮށްފައި ހަކުރުތަށް ވިރެންދެން ގިރާލާށެވެ. ރަނގަޅަށް ގިރުނީމަ އޭގެ ތެރެއަށް ފުށް އަޅާލާށެވެ. ފުށް އަޅާނީ މަދު މަދުންނެވެ. އަދި އަޅާ ވަރަކަށް ގިރަމުން ގެންދަން ވާނެ އެވެ. ދެން ބައި ޖޯޑު ފެން އެޅުމަށް ފަހު ކާކުލަ އަޅާށެވެ. ރަނގަޅަށް ގިރުމަށްފަހު ކުލަ އަޅާ ގިރާލާށެވެ. ދެން އެއަށްފަހު ފޮޅި ފިހާ ގޮތަށް މަޑު ގިނީގައި ފިހެލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު