ބޮލީވުޑް "ކަޕްލް" އެކްޓްރެސް އައިޝްވާރިޔާ ރާއީ އާއި އެކްޓަރު އަބީޝެކް ވަރްމަން ވަނީ މީގެ ކުރިންވެސް އެއްކޮށް ފިލްމްތަކުން ފެނިގެން ގޮސްފައެވެ. "ރާވަން" "ކުޗް ނާ ކަހޯ" ފަދަ ފިލްމްތަކުގެ ލީޑް ރޯލުން ފެނިގެން ދިޔުމާއިއެކު ގިނަ ބައެއްގެ ލޯބި މި ދެމަފިރިންނަށް ވަނީ ލިބިފައެވެ. އަނެއްކާވެސް ކޮޕުން ހަރަކާތްތެރިވާ ކަހަލަ ފިލްމަކުން މި ދެދަރިން އެއްކޮށް ފެނިގެންދާނެ ކަމުގެ އުފާވެރި ޚަބަރު އައިޝްވާރިޔާ މިވަނީ ދީފައެވެ.

މި އުފާވެރި ޚަބަރާއިއެކު އައިޝްވާރިޔާ ބުނެފައިވަނީ އޭނާގެ ފޭވަރިޓް އެކްޓަރަކީވެސް އޭނާގެ ފިރިމީހާ އަބީޝެކް ކަމުގައެވެ.

"އެއީ ހަމައެކަނި އަހަރެންގެ ފިރިމީހާގެ ގޮތަކަށް ނޫން. ޝޫޓިންގަ އެއީ މޮޅު އެކްޓަރެއް. އަހަރެންނަށް އޭނާ ހާއްސަ ވަނީ އެއީ ނޯމަލް މީހެއްވީމަ. އެއީ ވަރަށް އާދައިގެ ދިރިއުޅުމަކަށް ލޯބި ކުރާ، ކަންތައްތައް ހިއްސާ ކުރަން ފަސޭހަ މީހެއް. މަޖާ ކުރާ ގަޑީގަ ވަރަށް މަޖާ ވެސް ކުރާނެ. ވަރަށް ސްޓްރައިޓް ފޯވާޑްވާނެ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ލޯބިވާ ފިރިމީހާ. އަހަރެންގެ ދަރިފުޅުގެ ލޯބިލޯބި ބައްޕަ." އައިޝްވާރިޔާ އަބީޝެކްއަށް ތައުރީފް ކޮށް ބުނެފައިވެއެވެ.

"އަހަރެމެން ދެމީހުންގެ ކުރިއަށް އޮތް ފިލްމާއި ގުޅޭ ގޮތުން އަދި ވަކި އެއްޗެއް ބުނާކަށް ނޭނގެ. ސްކްރިޕްޓް ފައިނަލައިޒް ވީމަ ރޯލްތަކާއި ގުޅޭގޮތުން އެއްޗެއް ބުނަން އެނގޭނީ." މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

އައިޝްވާރިޔާ އާއި އަބީޝެކްއާއި ކައިވެނިކޮށްފައިވަނީ 2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގައެވެ. މި 11 އަހަރު ވީ ކައިވެންޏަށް ވަނީ އަރާދިޔާ ނަމަކަށް ކިޔާ ލޯބިލޯބި އަންހެން ކުއްޖަކު ލިބިފައެވެ.