ކައިވެންޏަށް ފަހު ސޯނަމް ކަޕޫރު އާއި އޭނާގެ ފިރިމީހާ އާނަންދު އަހުޖާގެ ނަން ބަދަލުކޮށްފިއެވެ.

މިމަހުގެ 8 ވަނަ ދުވަހު ސޯނަމް އާއި އާނަންދު ކައިވެނިކޮށްފައިވާއިރު އެ ދެމީހުންގެ ކައިވެނީގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ސަގާފަތާއި ވަރަށް ގުޅޭ ގޮތަކަށެވެ.

ކައިވެންޏަށް ފަހު ސޯނަމްގެ ނަން ބަދަލުކޮށްފައިވާއިރު އެކަން ސޯނަމް ވަނީ ކަށަވަރުކޮށްދީފައެވެ.

އެގޮތުން ކެނެސް ފިލްމް ފެސްޓިވަލް 2018 ގައި ރެޑް ކާޕެޓުގައި އެވޯޑް ހާސިލް ކުރުމަށް ފަހު ސޯނަމް ބުނެފައިވަނީ އޭނާގެ ނަން " ސޯނަމް ކަޕޫރު އަހުޖާ" އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި ކަޕޫރް އަކީ އޭނާގެ ބައްޕައަށް ނިސްބަތްވާ ނަމެއް ކަމަށާއި އަހުޖާ އަކީ އޭނާގެ ފިރިމީހާގެ ނަން ކަމުގައި ސޯނަމް ވަނީ ބުނެފައެވެ. އަދި އެ ދެނަން އޭނާގެ ފަހަތަށް އައުމަކީ އޭނާގެ ނަޒަރުގައި މުހިންމު ކަމެއްކަމުގައި ސޯނަމް ބުނެފައިވެއެވެ.

ސޯނަމްގެ އިތުރުން އާނަންދުވެސް ވަނީ އޭނާގެ ނަން ބަދަލުކޮށްފައެވެ.

ސޯނަމްގެ ނަން ބަދަލުކޮށްފައިވާއިރު ކައިވެންޏަށްފަހު ސޯނަމް ކަޕޫރުގެ ނަން "ސޯނަމް ކަޕޫރް އަހުޖާ"އަށް ބަދަލުވެއްޖެ ކަމަށް އޭނާގެ ދައްތަ ރިއާ ވަނީ މީގެ ކުރިން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވަގުތު

    ދެން ކޮބާތަ ފިރިމީހާގެ ބަދަލުކޮށްފަ ކީ ނަމަކީ ............

    • ކެޔޮޅު

      ސޯނަމްކީ ޕަތީ ޖުހާ