ޑައުންސިންޑްރޯމް ހުންނަ ކުއްޖަކު ބެލުމަކީ ބުރަ ޒިންމާއެކެވެ. އަދި ޚާއްސައެހީއަށް ބޭނުންވާ ދަރިފުޅުގެ ހުރިހާ ކަމެއް ވީހާވެސް ފުރިހަމަކޮށް އޭނާ އުފާކުރުމަކީ ކޮންމެ މަޔަކު ވެސް އަދި ބަފަޔަކުވެސް ކުރާނެ އުންމީދެވެ. ކުރިއަރާފައިވާ ދުނިޔޭގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިމާވާ ހިތްދަތިކަން ކުޑަކަމަށްހީވި ނަމަވެސް ކަންއޮތީ ދިމާ އިދިކޮޅަށެވެ.

އެމެރިކާގައި ދާދިފަހުން ދިމާވި މިފަދަ ހާދިސާއަކުން ޑައުންސިންޑްރޯމް ކުއްޖެއްގެ މަންމަ ހުރީ ހިތްކުދިކުދިވެފައެވެ. އޭނާގެ ޑައުންސިންޑްރޯމް ދަރިފުޅުގެ އުފަންދުވަހު ބޭއްވި ޕާޓީއަށް އައީ އެންމެ ކުއްޖެކެވެ. އެމަންޒަރު ބަލަން އެ ފަސް އަހަރުގެ އެ ޑައުންސިންޑްރޯމް ކުއްޖާއަށް ކެތެއް ނުވިއެވެ. އޭނާ ވަރަށް ބޮޑަށްދެރަވިއެވެ.

އެ ހާދިސާ ހިއްސާކުރުމަށް އެ ޑައުންސިންޑްރޯމް ކުއްޖާގެ މަންމަ ވަނީ ޓިކްޓޮކްގައި ވީޑިއޯއެއް ހިއްސާކޮށްފައެވެ. އޭނާ ވަނީ އެތައް އުންމިދަކާއި އެކު ދަރިފުޅު އުފާކުރުމަށް ބޭއްވި ޕާޓީއަށް މީހުން ނައުމުން އެ މަންމައަށް ކުރެވުނު އިހުސާސްތައް ކިޔާދެމުން ދިޔަ އިރު އެ މަންމައަށް ކަރުނަ ހިފަހައްޓާ ނުލެވެއެވެ.

އެ ޓިކްޓޮކަށް އެތައް ހާސް ވިއުސްއެއް ލިބިފައި ވާއިރު މިއީ ޑައުންސިންޑްރޯމް ކުދިންނާއި މެދު މިހާރުވެސް ގެންގުޅޭ ތަފާތުކުރުންތައް ވަރަށް ރަނގަޅަށް ހާމަވާ ކަމެއް ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.

އަދި އެ މަންމަ އާއި މެދު ހަމްދަރުދުވެ އެތައް ބަޔަކު ވަނީ ކޮމެންޓުވެސް ކޮށްފައެވެ. ޑައުންސިންޑްރޯމް އަދި އެހެނިހެން ޚާއްސައެހީ އަށް ބޭނުންވާ ކުދިންނާއި އެކު މަޖާކޮށްލަން ނޫނީ ކުޅެން ދަރިން ގޮވައިގެން ދާން ބޭނުން ނުވާ އެތައް ބަޔަކު މިހާރުވެސް ތިބުމަކީ ލަދުވެތި ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ައަހުމަދު

  ދެރަނުވޭ މަންމާ. ﷲ އިރާދަ ކުރައްވައިފި ނަމަ ތިޔަ ދަރިފުޅަށް ދުނިޔޭގައި މީހަކަށް ނުލިބޭ ވަރުގެ ދަރަޖައެއް ވެސް ދެއްވަފާނެ.

  67
 2. ރޯދަމުބާރަކް!

  ކޮވިޑް ސަބަބަކީ! ގައިދުރު! ބަލި ދަރިފުޅަށް ރަނގަޅު އަސްލު،

  37
 3. ނޫސްކިޔާމީހާ

  މިފަދަ ނުރައްކާތެރި ވަގުތުގައި ރަނގަޅުވާނީ ތިޔަ ފަދަޕާޓީތައް ނުބޭވިއްޔާ ތިޔަ ދަރިފުޅަށްވެސް

  24
  1