މޯލްޑިވިއަން އައިޑޮލްގެ ގަދަ އަށްބައިވެރިންގެ ތެރޭގައި ހިމެނުނު އަޅުގަނޑުމެންގެ އެންމެންގެ ހިތުގައި ނުހަނު ބޮޑު ލޯތްބެއް ދެވިފައިވާ "މައިކް" އަކީ މިއުޒީކީ ދާއިރާގައި ހުނަރުވެރިއެކެވެ. މިފަހަރު މިއޮތީ "މައިކް" އާއި ދެކެވުނު ވާހަކަކޮޅެއްގެ ކުރު ހުލާސާ އެކެވެ.

ސ. ފުރަތަމަ އަމިއްލަ ތައާރަފެއް ދީބަލަ؟

"އަޅުގަނޑަށް ކިޔަނީ އަބްދުﷲ މުނާޒު. އުފަންވީ ހދ.ވައިކަރަދޫއަށް. އުމުރަކީ 21 އަހަރު."

ސ.އައިޑަލްއަށް ފަހުން ދިރިއުޅުމަށް އައި ބަދަލު ބުނެދީބަލަ؟

"ކުރީގަ ވެއްޖިއްޔާ ވަރަށް ގިނައިން ބޭރުގަ އުޅެވޭނެ. އުޅޭނެ ހަމަ ބަނދަރުމަތީ ތަންތާ ގިޓާ ހިފައިގެން ލަވަ ކިޔަން. ދެން އައިޑޮލްގެ ފަހުން އެ ގޮތަކަށް ނޫޅެވޭ. ކުރިން އުޅުނު ގޮތަކަށް މިހާރު ހަމަ ނޫޅެވޭ"

މުނާޒް
މުނާޒް

 

ސ. އައިޑޮލްގައި ބައިވެރިވުމުގެ ކުރިން އެއްވެސް ކަހަލަ މަސައްކަތެއް ކުރިންތޯ އާމްދަނީ ހޯދުމުގެ ގޮތުން؟

"އާން ކުރިން. މިކޮޅު (ވިލިމާލޭ) ބަގީ ސެންޓާގައި އުޅުނީ"

ސ. އައިޑޮލް ސިފަ ކުރަނީ ކިހިނެއް؟

"އަސްލު މުނާޒްއަށް އައިޑޮލް އެއީ ވަރަށް ވަރަށް ބޮޑު އެއްޗެއް. ވަރަށް ބައިވަރު އެއްޗެހި ދަސްވެގެން ދިޔަ މީގެ ސަބަބުން."

ސ. އައިޑޮލްގެ ސީޒަން ދޭއްގައި ނުފެނުނީ ކީއްވެތަ؟

"ހަމަ އަރާ ހިތް ނުވީ. މަންމަމެން މެސެޖްވެސް ކުރި. އެކަމަކު ހަމަ އަޅާނުލާ ދޫކޮށްލެވުނީ"

މުނާޒް
މުނާޒް

 

ސ. އައިޑޮލްގެ ދުވަސްކޮޅު ރައްޓެހިންނާއި އާއިލާގެ ފަރާތުން ކިހާ ބޮޑު އެއްބާރުލުމެއް ލިބުނުތަ؟

"އަސްލު ރައްޓެހިން ވަރަށް ވަރަށް ވަރަށް ބޮޑަށް ސަޕޯޓިވް. ދެން ފެމިލީ މީހުންގެވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު. ކުރިން އެހާ ގާތް ނޫން ރައްޓެހިންވެސް ފަހުން ވަރަށް ރަނގަޅު ހަމަ"

ސ.އައިޑޮލް އިން ދަސްވީ ކޯއްޗެއްތަ؟

"ބޮޑެތި މީހުންނަށް އިހްތިރާމް ކުރުމާއި ގަޑިއަށް ފަރުވާތެރިވުމާއި ގަޑިންގަޑިއަށް ނަމާދުކުރުމަށް. ކުރިންވެސް ނަމާދަށް ދަން. އެކަމަކު ބަރާބަރަކަށް ނުކުރެވޭ. އެކަމަކު އައިޑޮލްގަ އުޅެން ފެށިފަހުން ކޮންމެ ނަމާދެއް ވައްޓާ ނުލާ ކުރެވޭ."

ސ.އައިޑޮލްގެ ދުވަސްކޮޅު ދިރިއުޅުން ހުރިގޮތް ކިޔާލަ ދީބަލަ؟

"ވަރަށް ހެނދުނާ ހޭލަން ޖެހޭނެ. މިކޮޅުގަ މިއުޅޭ ގޮތަކަށް ނޫޅެވޭނެ. ދެން ނިދި ދާނެ ބޭނުން ގަޑިއަކު. އެކަމަކު ނިދާފަވެސް ޖެހޭނެ ގަޑިއަށް ހޭލަން. ހަމަ ހުރިހާ ކަމެއްގަވެސް ގަޑިއަށް ޖެހޭނެ ފަރުވާތެރިވާން"

ސ.އައިޑަލްއަށްފަހު މިހާރު ތި ކުރަނީ ކޮން ކަމެއްތަ؟

"ހަމަ ލަވައިގެ ކަންތައްތަކުގަ މިއުޅެނީ. ހަމަ އިރާދަކުރެއްވިއްޔާ ސޯލޯ އަލްބަމަކުންވެސް ފެނިދާނެ. އަދި އެކަމަކު އެކަމަށް ފުދޭވަރަކަށް ދުވަސް ނަގާނެ. ދެން މި އަލްބަމުގަ ގާތްގަނޑަކަށް 28 ވަރަކަށް ލަވަ ހިމެނޭނެ އަމިއްލަ ރާގުގެ."

މުނާޒް

 

ސ.ލަވަ ކިޔުން ފެށުނީ ކިހިނެއް؟

"ބޭބެ މެން ލަވަ ކިޔާތަން ފެނިގެން. އުމުރުން ގާތްގަނޑަކަށް 15 އަހަރު ވާނީ އޭރު."

ސ. "މައިކް" މި ވަނަން ކިޔުނީ ކީއްވެތަ؟

"އެއީ ތަންކޮޅެއް ކުރީގަ ޖިންނި ފިލްމު ހެދި ދުވަސްކޮޅު އެތާ ޝޫޓިންއަށް ދިޔަ އިރު މައިކަލް ޖެކްޝަންގެ ލަވައެއް ޖަހާފަ ހުރީމަ އެޔަށް ނެށީމަ. އެހެންވެ ރައްޓެހިންކީ މައިކް އޭ"

ސ.ލަވަ ކިޔުން ފިޔަވައި ދެން އެންމެ ކުރާ ހިތްވަނީ ކޮން ކަމެއް؟

"ގިޓާ ކުޅުން. ދެން ކަހޯން ޖެހުން. ބޭސް ވެސް ވަރަށް ކުޅޭ ހިތްވޭ. އަނެއްހެން ހުރިހާ އިންސްޓްރޫމަންޓެއްވެސް ވަރަށް ކުޅޭ ހިތްވޭ"

ސ.މިއުޒިކްގެ ދާއިރާއިން ނުފެނިއްޖެޔާ ދެން ފެނުން އެންމެ ގާތީ ކޮން ދާއިރާއަކުންތަ؟

"މިއުޒިކްގެ ދާއިރާއިން ނުފެނި ނުދާނެ. ދެން އިތުރު އެހެން ދާއިރާއެއް ނޭނގެ ބުނާކަށް. އެހެން އަދި ވިސްނާފަވެސް ނެތް"

ސ.އެންމެ ކަމުދާ އާރޓިސްޓަކީ ކޮބާތަ؟

"ތޭރަ ސާރ. އެއީ ހަމަ ވަރަށް ވަރަށް ރަނގަޅު މީހެއް. ވަރަށް ކުރިން ސުރެވެސް ތޭރަ ސާރ އެއީ ހަމަ ފޭވަރިޓެއް. ދެން އެހެން ހުއްޓާ އައިޑޮލްގަ ބައިވެރިވެގެން ކޯޗްކަން ވެސް ކޮށްދިނީ ތޭރަ ސާރ"

ސ.އައިޑޮލްގެ ދުވަސްކޮޅު ތޭރަ ސާރ ކައިރިން އެއްވެސް އެއްޗެއް ދަސްވިތަ؟

"އާން... ވަރަށް ބައިވަރު އެއްޗެހި ދަސްވި. މިސާލަކަށް ވޮކަލް ޓްރެއިނިން. ދެން ކޮންމެ ދުވަހަކު އެކަން ކޮށްދޭތީ ހަނދާންވެސް ހުންނާނެ ތާ ދޯ"

ސ. ފިލްމަކުން ލަވައެއް ކިޔަން ލިބިއްޖެއްޔާ ކިޔާނަންތަ؟

"ކިޔާނަން. އެކަމަކު ފިލްމަކުން އެކްޓް ކުރަން ލިބިއްޖެޔާ އެކަން ކުރާނެ ހެނެއް ހީއެއް ނުވޭ."

މުނާޒް

 

ސ. މިއުޒިކީ ދާއިރާގަ އެންމެ ދެރަވި ދުވަހަކީ ކޮބާ؟

"އެއީ ފަހު ފަހަރު ކަޓައިގެން ދިޔަ ދުވަސް."

ސ. މިފަހަރުގެ ސީޒަނުން ކަޓައިގެން ދިޔަ ވަގުތު ކުރެވުނީ ކޮން ކަހަލަ އިހްސާސެއް؟

"އެ ގަޑީ ފުދޭ ވަރަކަށް ހަމަ ދެރަވި. އަސްލު ހީކުރީ ޓޮޕް ޓެންއިންވެސް ކަޓާނެ ކަމަށް. ދެން އެކަމަކު އޯކޭ މިވަރުވެސް."

ސ.އާންމުންނަށް ނޭނގޭ މުނާޒްގެ ސިއްރެއް ބުނެބަލަ؟

"އަސްލު އައިޑޮލް ތެރޭ މުނާޒް ފެންނާނީ ވަރަށް މަޑުން ހުއްޓަ. އެކަމަކު ރައްޓެހިންނާއިއެކީ އުޅޭއިރު ވަރަށް ސަކަރާތްބޮޑުވާނެ. އޭތި ވަރަށް ފާހަގަ ނުވާނެ މީހުންނަށް."

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ސާބަސް

    ޙަރާމް ކަމަކުން ރަނގަޅުކަނމެއް ނުނިކުންނާނެ

  2. ޙަނީފް

    ނަމާދު ކުރޭ. އެކަަމަކު ހޭލަން ޖެހެނީ ހެނދުނާ.ކެކެކެކެ

  3. ޙ

    މިއުޒިކް އަކީ ހަރާމް ކަމެއް.. ޝައިތާނީ އަމަލެއް.. އެފަދ އަމަލަކަށް ލޯބި ކުރަމުން ތިދައްކާ ވާހަކަ ގަބޫލު ކުރަން ދަތި

  4. ޝައިޚް

    މިޔުޒިކަކީ ޙަރާންކަމެއްނޫން! މިޔުޒިކް ޙަރާމްކަމެއްކަމަށް ބުނަނީ ނަޖުދު ވައްހާބީން! ދުނިޔޭގެ ނަންމަޝްހޫރު އެއްވެސް ޢިލްމުވެރިޔަކު މިޔުޒިކް ޙަރާމްކަމުގެ ފަތުވާއެއް ނުނެރޭ! މަދީނާގެ މަދީނާޔުނިވަރުސިޓީގެ ހެޑް ، މަސްޖިދުއްނަބަވީގެ އިމާމު ، ސަޢޫދިއަރަބިޔާގެ މުފުތީ ، މިޞްރުގެ މުފްތީ ބެނެފައިވަނީ މިޔުޒިކް ޙަރާމްކަމަކަށް ނުބުނެވޭނެޔޭ! އެކަމަކު އެކަމެއްގެތެރޭގައި މުޅި ދުވާލު ހޭދަކޮށް ﷲގެ މަތިން ހަނދުމަ ނައްތާލާ ކޮންމެ ކަމެއް ޙަރާމްވާނެޔޭ! އެއީ ދިރިއުޅުމަށް މަސައްކަތްކުރުންކަމުގަވިޔަސް ހެވޭ! އެހެންވީމާ މިޔުޒިކް ޙަރާމީކީ ނޫނޭ!

    • ސާރ

      ތީ ފުޅަކާ ދަންނަބޭކަލުން ނަކީ.

    • ޢަހހުމދ

      ތިއީ ބުހުތާނު ދޮގު ހަދާ މީހެއް، ސައޫދީ މުފްތީއާ އެހެނިހެން ޢިލްމުވެރިން މައްޗަށް. މިއުޒަކަކީ ޙަރާމް އެއްޗެއް ކަމާމެދު އީމާން ކަމާއި ޢިލްމުގެ އަހުލުވެރިން ދެ ބަސް ނުވޭ. ފަހުގެ ތާކުންތާކު ނުޖެހޭ އިލްމޭ ކިޔައިގެން އަނގަ ތަޅާ ބަޔަކު ހުއްދަ ކުރަނީ.

  5. ާއިބްރާ

    Surah Luqman, Verse 6:
    وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَن سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُوًا أُولَٰئِكَ لَهُمْ عَذَابٌ مُّهِينٌ

    And of men is he who takes instead frivolous discourse to lead astray from Allah's path without knowledge, and to take it for a mockery; these shall have an abasing chastisement.
    (English - Shakir)

    via iQuran

  6. Anonymous

    މިީ ޖޯކެއްތަ މިއުޒިކާ ނަމާދާ ކޮންގުޅުމެއް، ގަބޫލެއް ނުކުރެވޭ