ރާއްޖޭގައި މަޝްހޫރު ބޮޑުބެރު ލަވަކިޔުންތެރިޔާ ހަސަން މުސްފަހު (މުސީ)ގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.

އެކަން ހަމަކޮށް މުސީ "ވަގުތު"އަށް ބުނެފައި ވަނީ، އޭނާގެ ފޭސްބުކް އެކައުންޓް ހެކްކޮށް އެ އައިޑީ ބޭނުން ކުރަނީ އެހެން މީހެއް ކަމަށެވެ.

"ރިޕޯޓް ކުރަން އެދެނީ، ވަރަށް މަސައްކަތްކޮށްފިން ލިބޭތޯވެސް، އެކަމަކު ނުލިބުނު، އެހެން މީހެއް އެ ހެކްކޮށްގެން ގެންގުޅެނީ". މުސްހަފު ބުނެފައި ވެއެވެ.

މީގެ ކުރިން ރާއްޖޭގެ ބައެއް މަޝްހޫރު ތަރިންގެ ފޭސްބުކް އާއި އިންސްޓަގްރާމް ފަދަ އެކައުންޓްތައް ހެކްކޮށްފައި އެބަ ހުއްޓެވެ. އަދި ރާއްޖޭގެ ބައެއް މުވައްސަސާތަކުގެ އެކައުންޓްތައްވެސް ހެކްކޮށްފައި އެބަހުއްޓެވެ.

މުސީ ބޮޑުބެރު މޯލްޑިވްސްއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މިހާރު އޭނާގެ އެކައުންޓް ހެކްކޮށްފައިވަތާ ދުވަސްކޮޅެއް ވެދާނެ ކަމަށެވެ.

https://www.facebook.com/105835600816885/posts/384127372987705/

މުސީ އެންމެ ބޮޑަށް މަޝްހޫރު ވެގެން ދިޔައީ ހަބޭސް ބޮޑުބެރު ގްރޫޕްގައި އުޅުނު އިރު އެވެ. ބޮޑުބެރު ޗެލެންޖަށް އޭނާ ހަބޭސްއާ ގުޅުނީ 2013 ވަނަ އަހަރު އެވެ. ހަބޭސްއަށް ގިނަ ލަވަތަކެއް ހުށަހަޅާ، 2016 ވަނަ އަހަރު ތެރޭގައި އޭނާ ވަނީ ހަބޭސް އިން ވަކިވެފައެވެ.

އޭނާ މިހާރު މަސައްކަތް ކުރަމުން ދަނީ 1438 ގައެވެ.