ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމްގެ ޕްލެނެޓެއް ކަމަށްވާ ވީނަސްގައި އޭލިއަނުން ދިރުމެއް ވާކަމަށް ބެލެވޭ ހެކިތަކެއް ފެނިއްޖެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ނަމަވެސް ކާޑިފް ޔުނިވަސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަށް ފަހު ހާމަކުރި މައުލޫމާތައް ބަލާއިރު ވީނަސްގައި އޭލިއަނުން އުޅޭކަން ކަށަވަރު ކަމާއިއެކު ބުނާކަށް ނޭނގެއެވެ. ސައިންސްވެރިންގެ ދިރާސާގައި އެންމެ ބޮޑަށް ބާރު ދީފައި ވަނީ ދުނިޔެ އިން ވެސް ފެންނަ ބައެއް ގޭސްތައް ވީނަސް އިން ވެސް ފެނިފައިވާ ކަމަށެވެ. އެއީ އޭލިއަނުން ދިރުމެއް ނުވަތަ އޭލިއަނުން "ވަސް" ވީނަސްގައި ހުރިކަން ދަލީލް ކޮށްދޭ ކަމަކަށް ވެދާނެ ކަމުގައި ދިރާސާގެ ހޯދުންތައް ބުނެއެވެ.

"އަހަރެމެންގެ ދިރާސާ އިން ވީނަސްގައި ދިރުމެއްވާކަން ސައްތައިން ސައްތަ ސާބިތެއް ނުވޭ. ނަމަވެސް އަހަރެމެންގެ ދިރާސާ އިން ލިބުނު އެންމެ ހައިރާން ކުރަނިވި މައުލޫމާތަކީ ވީނަސްގައި ދިރުމެއް ވާކަމަށް ބުނުމުގެ ފުރުސަތު ލިބޭ ހެކިތަކެއް ހޯދިއްޖެ. ދިރުން ނެތްތަނަކުން ނޫނީ ނުފެންނާނެ ވަރަށް ނާދިރު ގޭހެއް ވީނަސްގައި ހުރިކަން އަހަރެންމެންގެ ހޯދުންތަކުން މިވަނީ ކަށަވަރު ކުރެވިފައި." ދިރާސާ ރިޕޯޓްގައި ބުނެފައި ވެއެވެ.

ވީނަސްގައި "ފޮސްފިން" ގޭސް ހުރިކަން ކަށަވަރުކަމަށް ދިރާސާ ކުރި ސައިންސްވެރިން ބުނެއެވެ. ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނާ ގޮތުގައި މިހާރު ވީނަސް އާއި ގުޅޭ ގޮތުން ކުރަމުން ގެންދާ ދިރާސާތައް މި ދިރާސާގެ ސަބަބުން އިތުރު ހަރުފަތަކަށް ދާނެއެވެ. ނަމަވެސް ވީނަސްގައި އޭލިއަނުން ނުވަތަ އެހެން ދިރުމެއް އޮތްކަން މުޅިން ކަށަވަރު ކަމާއި އެކު ބުނަން އަދި ކިހައި ދުވަހެއް ހޭދަވާނެކަން ނޭނގޭ ކަމަށް ވެސް ދިރާސާ ކުރި ސައިންސްވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އޭލިއަން

    ތީ ދުވަހަކުވެސް ވާނެ ކަމެއްނޫން! އަހަރުމެން އެތާކުނޫޅެން. ބޭކާރު ކަންތައް ނުކުރޭ...

    30
    1
  2. ބެކްޓީރިއާ

    ދެން ބުނާނެ ބެކްޓީރިއާއެކޭ. ބެކްޓީރިއާ ވައި ބޭރުކުރިއްޔޭ. ބަލަ އަހަރެމެން އޭލިއަން މި ކިޔަނީ ލޮލަށް ނުފެންނަ ބެކްޓީރިއާއަކަށް ނޫނޭ.

  3. ވެރިން

    ނޭގޭވާހަކަ ނުދައްކާ ލާރިކާކާ އަނގަމަޑުން ލައިގެން ތިބީމަ ނިމުނީނޫން ،ދިރާސާ އޭ މުންޖޭ ކިޔާފަ އަހަރުމެން ގުބޯ ނަހައްދާ.ތިބުނާ ތަނެއްގަ ދިރުމެއްވިޔަސް ތިތަނަކަށް ބަޔަކަށް ދެވޭނީކީ ވެސްނޫން.މީގެ އެތެއް އަހަރެއްކުރިން ހަނދައް ދިޔަވާހަކަވެސް ކި،އެކަމަކު އޭގެފަހުން މިއަދާ ހަމައަށް އާއިރުވެސް އިތުރު މީހަކަށް އެތަނަށް ދެވުނު ކަމަކަށް ނުވޭ

    11
    1
    • ގޫކެހެށަ

      ދެން ކަލޭ ނުބަލާ ލޯމަރައިގެން އޮތީމަ ނިމުނީނު. އެކަމަކު ބަޔަކު ދިރާސާއެއް ކޮށްފަ ބޭހެކޭ ބުނާއިރަށް ތިޔަ ދުއްވައިގަންނަނީ ވައިގުރައެއް އަނެއް ގުރައެއް ބެލުމެއް ނެތި.

      6
      1
  4. މިސް ވީނަސް އޭލިއަން

    އަޒޫޒޫޒޫ ޒީޒީ ޒާޒާ 👎🏻

  5. މުހަައްމާ

    ކޮބާ މަގޭ ކޮމެންޓް؟

  6. ޒީން

    ވީނަސް އިން ފެނުނީ އެމީހުންގެ އަގަ