އެމެރިކާއިން ޓިކްޓޮކުގެ ޕާޓްނަޝިޕަށް އޮރެކަލް ހަމަޖައްސައިފިއެވެ. އޮރެކަލްއިން ބިޑް ކާމިޔާބުކޮށްފައިވަނީ މައިކްރޮސޮފްޓާއި ވާދަކޮށެވެ.

އޮރެކަލް އިން ހުށަހެޅި ޕްރޮޕޯސަލްގައި ޓިކްޓޮކްއާ އެއްބަސްނުވާ ބައެއް ކަންކަން ހުރި ނަމަވެސް އެކަންކަމުގައި ދަނީ މަޝްވަރާ ކުރަމުންނެވެ.

ޓިކްޓޮކްގެ ޕާޓްނައަކަށް އޮރެކަލް ހަމަޖެއްސީ ޓްރަމްޕް އެޑްމިނިސްޓްރޭޝަންސް ނެޝަނަލް ސެކިޔުރިޓީއިން އެމެރިކާއިން ޓިކްޓޮކް ހުއްޓާލުން ނުވަތަ އެޕްލިކޭޝަން އެހެން ބަޔަކަށް ވިއްކުމަށް ޝަރުތުކޮށްފައިވުމުންނެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފައިވަނީ ޓިކްޓޮކާއި އޮރެކަލްއަށް ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.

އޮރެކަލްއަށް މި ބިޑް ކާމިޔާބު ކުރެވިފައިވަނީ ސިޔާސީ ކަންތައްތަކެއްގެ ތެރެއިން ކަމަށްވެއެވެ.

ގިނަ ފަރާތްތަކަކުން ބުނަމުންދަނީ ޓިކްޓޮކަށް ފައިދާ ބޮޑުވާނީ ވެސް މައިކްރޮސޮފްޓަށް ވުރެ އޮރެކަލްއާ ގުޅުމުން ކަމަށެވެ. އެއީ އޮރެކަލްއަކީ ޑާޓާ އާއި ސެކިއުރިޓީ އެންމެ ހައިކޮށް ދެވޭނެ ފަރާތްކަމުގައި ވާތީއެވެ.

ނެޝަނަލް ކޮންސަލްޓިން ފާމް ވެސްޓް މޮނޯރޭގެ ޑައިރެކްޓަ ބުރެޑް ހެލާ ބުނެފައިވަނީ އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކުގެ ޑާޓާތައް އޮރެކަލް ޑާޓާ ސެންޓަރއަށް ބަދަލުވާނެ ކަމަށެވެ. ޓްރަމްޕް އެޑްމިނިސްޓްރޭޝަނުންވަނީ އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޑާޓާތައް ޗައިނާގެ ކުންފުންޏަކަށް ދާ މައްސަލަވެސް ފެންމަތިކޮށްފައެވެ. އެހެންކަމުން ޓިކްޓޮކް އާއި އޮރެކަލް ގުޅުމުން މި މައްސަލައަށް ވެސް ހައްލެއް ލިބޭނެކަމަށް ޓްރަމްޕް އެޑްމިނިސްޓްރޭޝަނުން ބުނެފައިވެއެވެ.