ހިފަހައްޓާ އަދި ގެންގުޅޭ އާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، ޖަޕާނުގެ ރައްޔިތުންނަކީ ތަފާތު ބައެކެވެ. ރީތި އާދަތަކެއްގެ ވެރި ބައެކެވެ. އެޤައުމުގެ ތަރައްޤީގެ އެންމެ ބޮޑު އެއް ހިއްސާއަކީވެސް މިއީ ކަމަށް ބުނެވެއެވެ. މިކަމަށް ދެބަސްވެވޭކަށްވެސް ނެތެވެ. މިއީ އެކަމުގެ ހެއްކެކެވެ.

ޖަޕާނުގެ ހުޅަނގުގެ ސަރަޙައްދުގައި އޮންނަ ނޮޓޮގަވާ ރޭލު ސްޓޭޝަނުގައި އޮތް، ރޭލެއް ފުރަން ހަމަޖެހިފައި އޮތް ގަޑިއަށްވުރެ، 25 ސިކުންތު އަވަހަށް ފުރުމުން، ރޭލު ދުއްވާ ފަރާތުންވަނީ މަޢާފަށް އެދިފައެވެ.

މިކަމާ ގުޅިގެން އެހެން ގިނަ ޤައުމުތަކަކުންވެސް ހައިރާންވެފައިވާއިރު، ގިނަ ޤައުމުތަކުގެ ރައްޔިތުން ބުނެފައިވަނީ އެބައިމީހުންގެ ޤައުމުތަކުން، އެއް މިނެޓު އަވަހަށް ފުރުނުކަމުގައިވިޔަސް މަޢާައިވާއިރު، ގިނަ ޤައުމުތަކުގެ ރައްޔިތުން ބުނެފައިވަނީ އެބައިމީހުންގެ ޤައުމުތަކފަށް ނޭދޭނެ ކަމަށެވެ.

ވެސްޓް ޖަޕާން ރެއިލްވޭސް އިން މަޢާފަށް އެދި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރޭލު ދުއްވަން އިން މީހާއަށް 25 ސިކުންތު ކުރިން ރޭލި ދުއްވާލެވުނީ، ޕްލެޓުފޯމުގައި އެއްވެސް މީހެއް ފެންނަން ނެތުމުން ކަމަށެވެ. އަދި، މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އިންތިޙާއަށް މަޢާފަށް އެދޭކަމަށެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު މިކަން ހިނގާފައިވާއިރު، ސިކުންތުކޮޅެއް ކުރިން އަވަހަށް ފުރުމުން މީހަކު މައްސަލަ ޖެއްސިކަމަށްވެސްވެއެވެ.

މިފަދަ ކަންކަން، ކުރިއަށް އޮތްތާ ކުރިމަތި ނުވާނެ ގޮތަށް ކަންކަން ރާވާނެކަމަށްވެސް ރޭލުތަކުގެ ވެރިފަރާތުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު