ބޭނުންވާތަކެތި:

1/2 ޖޯޑުގެ ފެނު ކައްކާފައި ހުރި ކުކުޅު

1 ފިޔާ

ކޮރިއަންޑާ

1/2 މޭޒުމަތީ ސަމްސާ ގަރަމް މަސާލާ

1/2 މޭޒުމަތީ ސަމްސާ ރެޑް ޗިލީ ޕައުޑާ

1/2 މޭޒުމަތީ ސަމްސާ ލޮނު

1 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް

1 މޭޒުމަތީ ސަމްސާ ކެޗަޕް

1/2 ޖޯޑު ފުށް

ތައްޔާާރު ކުރާނެ ގޮތް:

އެންމެ ފުރަތަމަ ކޮރިއަންޑާ، ފިޔާ އަދި ފެނު ކައްކާފައި ހުރި ކުކުޅު ކުދިކޮށް ކޮށާލާނީއެވެ. ދެން ކުޑަ ތައްޓަކަށް އަޅާލުމަށް ފަހު އެހެން ހުރިހާ ތަކެތި އެ ތައްޓަށް އަޅާލާނީއެވެ. އެއަށް ފަހު ޕޭސްޓެއް އުފެދޭ ވަރަށް ފެން އަޅާލާފައި އެއްކޮށްލާނީއެވެ. ޕޭސްޓު ތައްޔާރު ކުރުމަށް ފަހު ކުޑަ ބޯޅަތަކެއް ހަދާލާފައި ހޫނު ތެޔޮ އެއްޗެއްގެ ތެރެއަށް އަޅާނީއެވެ. އަދި ބޭރު ރަނގަޅަށް ހަރުވަންދެން ތެލުލާނީއެވެ.

ކިޔުންތެރިންގެ ހިޔާލު