ބޭނުންވާ ތަކެތި:
1 ކޯލިފްލާވަރ
1 ސައިސަމުސާ ސެލެރީ ލޮނު
1 ސައިސަމުސާ ހިކި އޮރެގާނޯ
1 ސައިސަމުސާ ކަމިން
1 ސައިސަމުސާ ފިޔާ ޕައުޑާ
1 ސައިސަމުސާ ލޮނުމެދު ޕައުޑާ
1 ސައިސަމުސާ އަސޭމިރުސް
1 ސައިސަމުސާ ލޮނު
1 ސައިސަމުސާ މިރުސް ފައުޑާ
250ގ ފުށް
2 މޭޒުމަތީ ސަމުސާ ކޯންސްޓާޗް
360މލ ސޯއި މިލްކް
1 1/2 މޭޒުމަތީ ސަމުސާ އެޕަލް ސިޑާ ވިނެގާ
2 މޭޒުމަތީ ސަމުސާ ހޮޓް ސޯސް
ތެލުލާނެ ތެޔޮ

ތައްޔާރު ކުރާނެ ގޮތް:
ފުރަތަމަ ކޯލިފްލާވާގެ ބައިތައް ވަކިކޮށްލާށެވެ.
ދެން ކުޑަ ތައްޓެއްގައި ސެލެރީ ލޮނު، ކަމިން، އޮރެގާނޯ، ލޮނުމެދު ޕައުޑާ، ފިޔާ ޕައުޑާ، ލޮނު، އަސޭމިރުސް،މިރުސް އަޅާ އެއްކޮށްލާށެވެ. އަދި މީގެން އެއްބައި ފުށްތަށި ތެރެއަށް އަޅާށެވެ. ފުށް ތެރެއަށް އިތުރަށް ކޯންސްޓާޗް އެއްކޮށްލާށެވެ.

ދެން ވަކިން ތައްޓަކަށް ސޯޔާ މިލްކް، އެޕަލް ސިޑަރ ވިނެގާ އަދި ހޮޓްސޯސް އެޅުމަށްފަހު އެއްކޮށްލާށެވެ. އަދި ބާކީ ހުރި މިރުސް ބައި އަޅާ އެއްކޮށްލާށެވެ.

ފަހުން ހެދި ސޯސްގަނޑު ކޯލިފްލާވާގެ ތެރެއަށް އަޅާ އެއްކޮށްލާފައި 1 ގަޑިއިރު ފިނިކޮށްލާށެވެ.

ފިނިވުމުން ކައުލިފްލާވާތައް ފުއްތެރެއަށް ލައިފަ، ތަށީގަ ހުރި ސޯސްތެރެއަށް ލައިފަ އަނެއްކާ ފުށްތެރެއަށް ލާށެވެ. މިގޮތަށް ހުރިހާ އެއްޗެއް ހެދުމަށްފަހު ތެލުލާށެވެ. ސްޕައިސީ ފްރައިޑް ކޯލިފްލާވަރ މިއޮތީ ތައްޔާރުވެފައި އެވެ.