ރީތި ދިގު އިސްތަށިގަނޑަކަށް ގިނަ އަންހެންވެރިން ނިކަން ލޯބިކުރެއެވެ. އަދި ވަރުގަދަކޮށް އޮންނަ އޮފްކަން ބޮޑު އިސްތަށިގަނޑެއް ލިބުން އެއީ ގިނަ އަންހެނުން ކުރާ އުންމީދެކެވެ. އާއްމުކޮށް ޓީވީތަކުންނާއި ސީރީޒްތަކުން ފެންނަ ބަތަލާއިންގެ އިސްތަށިގަނޑު ފެނިފައި، އެގޮތަށް ތިމަންނާގެ އިސްތަށިގަނޑު ހުންނާނެ ނަމައޭވެސް ހިތަށް އަރާ ފަހަރު އާދެއެވެ.

ބަތަލާއިންގެ އިސްތަށިގަނޑު ބަލަހައްޓަން ބައެއް ފަހަރު ލައްކައިން ފައިސާ ހޭދަކުރާ ފަހަރުވެސް އާދެއެވެ. އެހެންނަމަވެސް ބައެއް ފަންނާނުން އިސްތަށިގަނޑު ރީތިކުރަން ބޭނުން ކުރަނީ ގުދުރަތީ ވަސީލަތްތަކެވެ.

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫއަކީ މިފަދަ ފަންނާނެކެވެ. އޭނާ ބުނާގޮތުން އޭނާގެ އިސްތަށިގަނޑާއި ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް އޭނާ ބަރޯސާ ވަނީ ގޭގައި ލިބެން ހުންނަ ކާނާގެ ބާވަތްތަކަށެވެ. އޭނާ ބުނާގޮތުން ދުޅަހެޔޮ އިސްތަށިގަނޑެއް ބޭނުން ނަމަ ބޭނުން ކުރަންވީ ފިޔާއެވެ.

https://www.instagram.com/p/CFB458eD8Fn/

ބިޕާޝާ އޭނާގެ އިންސްޓަރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ވަނީ އޭނާގެ ބޮލުގައި ފިޔާ ޖޫސް އުނގުޅާ މަންޒަރު ދައްކާލާފައެވެ. އަދި އެ ފިޔާ ޖޫސް ތައްޔާރު ކުރާ ގޮތް ވެސް އޭނާ ވަނީ ކިޔާދީފައެވެ.

"އަހަރެން ބޭނުން ކުރަނީ ރަތް 2 ދެފިޔާ. އެއިން ޖޫސް ފެލައިގެން އެ ބޮލުގެ އެތެރޭގައި އުނގުލަނީ. ދެން ކުޑަ އިރުކޮލަކު މަސާޖްކޮށްފައި ގަޑި އިރެއް ވަންދެން ބަހައްޓާފަ. ބޯދޮވެގެން ކޮންޑިޝަން ކުރަނީ. ހަފްތާއަކު އެއްފަހަރު މި މަރުހަލާ ތަކުރާރުކުރަން" އޭނާ ބުންޏެވެ.

އަދި އެ ޖޫސް އުނގުޅާ އިރު އެއަށް ސާފު ކާށިޔެޔޮ، ލެވެންޑާ ތެޔޮ ނޫނީ ލިނބޯ ޖޫސްވެސް އިތުރުކުރެވިދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިގޮތަށް އަމަލުކުރުމުން އިސްތަށި ފޭބުން ކޮންޓްރޯލްވެ، އިސްތަށިގަނޑު ހެދުމަށް މަގުފަހިވާ ކަމަށް ބިޕާޝާ ވަނީ ބުނެފައެވެ. އަދި މީގެއިން ޕްރޮޓީން އާއި ކެރަޓިން ލިބުމުގެ އިތުރުން، ބޮލުގައި ލޭދައުރުވުން ރަނގަޅުވާކަމަށް އޭނާ ބުނެއެވެ.

ކަމު ނުދާނެ އޮތީ އެންމެ ކަމެކެވެ. މި ވަސް އެހާ ކަމު ނުގޮސްދާނެއެވެ. ބިޕާޝާގެ މި އުކުޅު ބޭނުން ކުރާނަންހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    ބޮލުގައި ފިޔާ ޖޫސް އުނގުޅުން
    ހެދުމުގައި އޯބަތް އުގުޅުން
    މޫނުގައި ގެރީގެ ނަޖިސް އުނގުޅުން
    މިއީ އެމީހުންގެ އެންމެ މުހިއްމު ބިއުޓީ ޓިޕްސް

    11
    5
    • މ

      ހެހެހެހެ

  2. ލޯބި

    މިހިރަ މޮޔަޔާ އެމީހުން ގައިން މާމީރުވަސް ދުވާނެ

    6
    3