ޕްރިޔަންކާ ޗޯޕްރާ އޭނާގެ ފިރިމީހާ ނިކް ޖޯނަސް އާއި އެކު ހޭދަކުރި އުފާވެރި ވަގުތުތަކުގެ ހަނދާންތައް ހިމެނޭ ވީޑިއޯއަކާއި އެކު ފިރިމީހާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފިއެވެ.

އުމުރުން 28 އަހަރުގެ ފިރިމީހާއަށް އުފަންދުވަހުގެ ތަހްނިޔާ ކިޔުމުގެ ގޮތުން ޕްރިޔަންކާ ކުރި ޓްވީޓެއްގައި ވަނީ ނިކް އުފަންވުމުން އެކަމާއި އުފާވާ ކަމަށް ބުނެފައެވެ.

އުފާވެރި ހަނދާންތައް އާކުރަން ޕްރިޔަންކާ ޓްވީޓް ކުރި ވީޑިއޯގައި ދެމަފިރިން އެކުގައި ނަށަމުންދާ މަންޒަރެއް ވެސް ފެނެއެވެ. އަދި ނިކްގެ ކޮއްކޮ ޖޯއީ އާއި އޭނާގެ އަނބިމީހާ ސޯފިއާ ޓާނާއާއި އެކު ޔޮޓެއްގައި ތިބި މަންޒަރެއް ވެސް ފެނެއެވެ.

ޕްރިޔަންކާގެ ޓްވީޓާއި އެކު ވަރަށް ގިނަ މަޝްހޫރު މީހުން ވެސް ގެންދަނީ ނިކްއަށް އުފަންދުވަހުގެ ތަހްނިޔާ ކިޔަމުންނެވެ. ބޮލީވުޑްގެ މަޝްހޫރުތަރި ކެޓްރީނާ ކައިފް ވެސް ވަނީ ނިކް އަށް އުފަންދުވަހުގެ ތަހްނިޔާ ކިޔާފައެވެ.

މެޓް ގާލާ އިން ދެމީހުން ބައްދަލުވެ އުފެދުނު ގުޅުން ފަހުން ލޯތްބަށް ބަދަލުވެ ދެމީހުން ކައިވެނި ކުރީ 2018 ވަނަ އަހަރުގެ މެއި މަހުއެވެ.

ޕްރިޔަންކާ އާއި ނިކް ފާހަގަ ކުރެވެނީ މީޑިއާ އާއި ވަރަށް ރަހުމަތްތެރި ދެމަފިރިންގެ ގޮތުގައެވެ. އަދި ދެމަފިރިންގެ އަމިއްލަ ވަރަށް ގިނަ ކަންކަން އެމީހުން މީޑިއާ އާއި ހިއްސާކުރެއެވެ. ދާދިފަހުން ޕްރިޔަންކާ ވަނީ ފުރަބަންދުގައި ނިކް އޭނާގެ ބޯކޮށާލައި ދިން ކަން ވެސް ހާމަކޮށްފައެވެ.