އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް 27، އާއި އެމެރިކާގެ މޮޑެލް ޖީޖީ ހަދީދް 25، އަށް ކުއްޖަކު ލިބެން އުޅޭކަމަށް ރިޕޯޓްތައް ބުނީއްސުރެ އެންމެންވެސް ތިބީ އެ ދެ ފަންނާނުންގެ ދަރިފުޅަސް މަރުޚަބާ ކިޔަން ކެތްމަދުވެފައެވެ. ދާދިފަހުން ޖީޖީ ބަނޑުބޮޑު އިރުގެ ވީޑިއޯއެއް ހިއްސާކުރުމުން ފޭނުން ތިބީ އޭނާ ވިހާނެ ތާރީޚެއް އެނގެން ކެތް މަދުވެފައެވެ.

ޖީޖީ ބަލިވެ އިންކަން މީޑިއާތަކުން ޚަބަރުތައް ފެންނަން ފެށީ އޭނާގެ ބަނޑަށް 5 މަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ޒޭންގެ އާއިލާ އާ ގާތް މީހަކުވަނީ ޒޭން އާއި ދެމީހުން ވެސް ދަރިފުޅަށް އިންތިޒާރުކުރަމުން އަންނަ ކަމަށާ މިހާރު ގުނަމުންދަނީ ފަހު ދުވަސްތައް ކަމަށް މީގެ މަސްދުވަސް ކުރިން ބުނެފައެވެ. އެހެންކަމުން މިހާރު ޖީޖީ ވިހާދުވަސްވާނީ ކަިއރިވެފައިކަން ސުވާލެއް ނެތް މިންވަރަށް އެނގެއެވެ.

މިކަން މިހެން ހުއްޓާ ފެނުނީ ޖީޖީގެ ބައްޕަގެ މިސްމީޑިއާ ޕޯސްޓެކެވެ. އެއީ ކާފަ ދަރިފުޅަށް އޭނާ ލިޔުނު ޅެމެއްްގެ ފޮޓޯއެކެވެ. އޭގައި ވަނީ ކާފައެއްގެ ލޯބި ކާފަ ދަރިފުޅަށް ބަނޑުންކޮށްލާފައެވެ. އެހެންކަމުން ޖީޖީ ވިހެއީކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި ޕޯސްޓާއި އެކު ޖީޖީގެ ދަރިފުޅުގެ ފޮޓޯއަކަށް ފޭނުން އެދުމުން ޖީޖީގެ ބައްޕަ ވަނީ އަދި ޖީޖީ ނުވިހާކަމަށް ބުނެފައެވެ.

ބައެއް ފަހަރު ތަރިން ވިހާ، ދަރިފުޅާއި މަންމަގެ ސިއްހަތު ރަނގަޅުކަން އެނގެންދެން އެ ތަރިން ވިހޭކަން ސިއްރުކުރެއެވެ. އެހެންކަމުން ޖީޖީ ވިހޭކަން އޭނާ އާއި އާއިލާއިން ސިއްރުކުރަނީތޯ ފޭނުން ސުވާލު އުފައްދައެވެ. މިކަމާއި މެދު ޒޭން އާއި ޖީޖީ އެކަމާމެދު އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. މި ދަރިފުޅުވެގެންދާނީ ދެމީހުންގެ ވެސް އަލަތު ދަރިފުޅަށެވެ.

ވަން ޑިރެކްޝަން ބޭންޑުން މަގްބޫލުކަމެއް ހޯދި ޒޭން އާއި ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް ޖީޖީ ލޯބީގެ ގޮތުން ގުޅުނީ 2015 އަހަރު ކަމަށް ވާއިރު އެ ދެމީހުން 2018 ވަނަ އަހަރު ރުޅިވިއެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ދެމީހުން އަލުން ގުޅުނުކަން ހަބަރުތަކުން ރިޕޯޓްކުރިއެވެ. އަދި ،މިދިޔަ ފެބްރުއަރީ މަހު ޖީޖީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީއަށް ޒޭން މާލިކްގެ ފޮޓޯއެއް ލުމުން އެ މީހުން އަލުން ގުޅުނުކަން ކަށަވަރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިމާލު ިެބކޮ

    އެން މެ 17 ދޯ.
    ސައްކެއްނެއް މިންވަރަށް އަދިވެސް ޓަޓަސް ކިޔާނެ ތާ.
    އޯކޭ އެވެރިން ވެއްޖިއްޔާ 17 ވިޔަސް 16 ވިޔަސް. އެއްވެސް މަށްސަލަ އެއްނޫން ކީކޯ މަ
    ބެނާނި މަހަ މަ ކޮސްވެއްޖެ

    2
    7