އެމެރިކާގެ ޓެކްސަސްގައި އޮންނަ އަވަށެއްގެ އުޑުމަތިން ގޮތްނޭނގޭ އައްޔެއް ފެނި، އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މި ހާދިސާ ހިނގި ވަގުތު ގިނަ ބަޔަކަށް މި މަންޒަރު ފެނިގެން ވީޑިއޯވެސް ނަގާފައި ވާއިރު، ގިނަ ބަޔަކު ބުނަމުން ދަނީ މިއީ އޭލިއަނުން ދަތުރުކުރި "ޔޫއެފްއޯ" އެއް ކަމަށެވެ.

ދެމިނެޓެއްހާއިރު ވަންދެން އެ ސަރަޙައްދުގެ މަތިން މި އަލި ފެންނަން ހުރިއިރު، އާދަޔާއި ޚިލާފަށް ބާރުމިނުގައި ދަތުރުކުރި މަންޒަރު ފެނިފައި ވެއެވެ. އެހެންކަމުން މިއީ "އިންސާނުން އުފައްދާފައިވާ އެއްޗެއް ނޫން" ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ހާދިސާ އަކީ އޭލިއަނުންނާއި ގުޅުންހުރި ކަމެއް ކަމަށް ބައެއް މީހުން ދެކޭއިރު، އަނެއް ބަޔަކު ބުނަމުން ދަނީ އެއީ ފުއްޕާހަމަކަށްވެސް ވުން އެކަށިގެންވާ ކަމަށެވެ. އަދި ބައެއް މީހުން އެއީ ޕްލާސްޓިކް ކޮތަޅެއް ކަމަށްވެސް ބުނެފައި ވެއެވެ.

ދާދިފަހުންވެސް ރޭގަނޑުގެ ވަގުތެއްގައި ޓެކްސަސްގެ އުޑުމަތިން ގޮތްނޭނގޭ އަލިތަކެއް ފެނިފައި ވެއެވެ. މިއަލިތައް އުޑުމަތިން ދަތުރުވި ވަގުތު "ބަދަލުތަކެއް އައި" ކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފައި ވެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯތައްވެސް އިންޓަނެޓުގައި ވަނީ ދައުރުވެފައެވެ.

މީގެ ކުރިންވެސް ދުނިޔޭގެ އެކި ސަރަޙައްދުތަކުން މިފަދަ ގޮތްނޭނގޭ އަލިތައް ފެނިގެން ގިނަބައެއްގެ ސަމާލުކަން ލިބިފައި ވެއެވެ. އޭލިއަނުން އުޅޭކަމަށް ޤަބޫލުކުރާ މީހުން ސިފަކުރާ ގޮތުން މިއީ އެހެން ގުރަހަ (ޕްލެނެޓް) އަކުން ދުނިޔެއަށް ދަތުރުކުރާ އޭލިއަން އުޅަނދުތަކެކެވެ.

އޭލިއަނުންގެ ވާހަކަތައް ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަވެފައި ވަނިކޮށް މި މަންޒަރު ފެނުމުން ބައެއް މީހުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ. ދާދިފަހުން އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ވަނީ ދުނިޔެ އާއި އެންމެ ގާތުގައިވާ ޒުހުރަތު (ވީނަސް) ގައި ދިރުމެއް ވެދާނެކަމަށް ހެކިދޭ ކަންތައްތަކެއް ހޯދިފައިވާކަން ހާމަކޮށްފައެވެ.

ސައިންސްވެރިން ބުނާގޮތުން ޒުހުރަތުގެ ވައިގެ ފަށަލަތަކުން، ދުނިޔޭގެ ވައިގެ ފަށަލަތަކުގައި ހުންނަފަދަ، ދިރުންތައް ހުރުމުން އުފެދޭ މާއްދާއެއް ވަނީ ފެނިފައެވެ. ނަމަވެސް ޒުހުރަތުގައި ދިރުމެއްވާކަމުގެ ޔަޤީންކަން އަދި ހޯދިފައެއް ނުވެއެވެ.

ޒުހުރަތަކީ މި ސޫރުދަނިޒާމު (ސޯލާސިސްޓަމް) ގެ އެންމެ ހޫނުގަދަ ގުރަހައެވެ. އިރާއި އެންމެ ގާތުގައިވާ ގުރަހައަށްވުރެ ވެސް ހޫނުގަދަ ޒުހުރަތަކީ އަލިފާނުގެ ކޯރުތައް ދައުރުވާ ގުރަހައެކެވެ. އެހެންކަމުން މިފަދަ މާހައުލެއްގައި ދިރިއުޅެވޭނީ ދުނިޔޭގެ ދިރުންތަކާއި އަޅާބަލާއިރު އާދަޔާއި ޚިލާފު ދިރުންތަކަށް ކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖާބެ

    މިއޮއް ބޮޑު ދުނިޔޭގަ އެމެރި ކާ ނޫން ތާ ކަށް އެލިޔަނުން ނުދަނީތަ. އަޖައިބެއްދެންމި.

    22
    1
    • އާބެ

      އެެމެރިކާއަށް އެކަންޏެއް ނޫން އޭލިއަނުންނާ އުދުހޭ އެއްޗެހި ފެންނަނީ. މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށްހެން ފެނޭ. ނުފެންނަ ގައުމެއް ނެތޭ ބުންޏަސް ރަގަޅުވާނެ. އެންމެން އެމީހުންނަށް ފެންނަ އާދަޔާ ޚިލާފު ވާހަކަތައް ކިޔައިދީއެއް ނޫޅޭ ދުނިޔޭގަ އޮންނަ ޒަމާންވީ މަލާމާތްކުރުމުގެ އާދައާ ހެދި. އެހެން މީހުން އިންޓަނެޓްގަ ހިއްސާކޮށްފަ ހުންނަ ވާހަކަތައް ކިޔާލީމަ އެނގޭނީ ކަންކަން ހިނގާގޮތް. އޭލިއަނުންނޭ ބުނީމަ މީހުން ހަޖޫޖެހި ޒަމާން މިހާރު ގޮއްސި. އެތައް ޗެނަލަކުން މިހާރު އެކަމާ ބެހޭ ޕްރޮގްރާމްތައް ދައްކާ އުޅޭ. އެމެރިކާ މީހުންނަށް ނުއުފެއްދޭވަރުގެ ބާރުމިނުގަ ދުވާ އެއްޗެހި އުޅޭކަމަށް އެއްބަސްވާން އެމެރިކާ މީހުން ބޭނުމެއްނުވޭ، ލަދެއްގަ ނުބެދޭންވެގެން. އެހެންވީމަ އެމީހުން ބޭނުންވަނީ އެކަން ސައިންސްގެ ނަމުގަ ފޮރުވަން.

      7
      4
  2. ފައުޗީ

    ބޯގަޅިން...1969ވަނަ އަހަރު ހަނދައް ގޮސްސީމޭ ކިޔާފަބުހުތާން ދޮގު ތިއެމަރިކާ ހެދި...ކޮން އޭލިޔަންއޭ ކިޔާކަށް ކަލޭމެން އަމިއްލައަށް ހަދައިގެން އުޅޭނަމެއްތީ...ބޯހަލާކު

    9
    3