މަދުން ނޫނީ ނުފެންނަ "ނޫ" ހަނދުގެ ނަމުން ނަން ދީފައިވާ ހަނދު އަންނަ މަހު ދުނިޔޭގެ ހުރިހާ ސަހަރައްދަކަށް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ހަނދަށް ބްލޫ މޫން ނުވަތަ ނޫ ހަނދުގެ ނަމުން ނަން ދީފައި ވަނީ ނޫ ކުލައިން ހަނދު ފެންނާނެތީ ނޫނެވެ. އެއީ އެއް މަހެއްގައި ދެ ފަހަރު މަތިން ފުލް މޫން ފެންނާތީ ދީފައިވާ ނަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އަންނަ މަހު ފުރަތަމަ ފުލް މޫން ފޭންނަނާނީ އޮކްޓޯބަރު އެއް ވަނަ ދުވަހު އެވެ.

އަދި ބްލޫ މޫން ނުވަތަ ނޫ ހަނދު ފެންނާނީ އޮކްޓޯބަރު 31 ވަނަ ދުވަހުއެވެ.

މިއީ 19 އަހަރުން އެއް ފަހަރު ފެންނަ ހަނދެއް ކަަމަށް ވެއެވެ. އެހެންކަމުން ދެންނަ މިފަދަ ހަނދެއް ފެންނާނީ 2039 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

އަދި މިއީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް މި ހަނދު ފެންނާނެ ފުރަތަމަ ފަހަރު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އާތްސްކައިގެ ރިޕޯޓްތައް ބުނާގޮތުގައި، މި ހަނދު ފެންނަނާނީ ނޫ ކުލައިގެއް ނޫނެވެ. އެހެންކަމުން އެ ދުވަހު ނަގާނެ ކަމަށް ބެލެވޭ ފޮޓޯތަކުން ފެންނަ ނޫ ކުލައިން އެ ހަނދު ވެެގެން ދާނީ ހާއްސަ ނޫ ކެމެރާ ފިލްޓާއެއް ބޭނުންކޮށްގެން ނަގާފައި ފޮޓޯތަކަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ހުސް ދޮގު 2018 ވަނަ އަހަރުގެ ޖެނުއަރީގަ 31 ގަ ހިފި ހަނދޫކެތައެއްގަ ވެސް ބްލޫމޫން ފެނުނު އެއީ މި 21 ވަނަ ގަރުނުގެ ފުރަތަމަ ބުލޫ މޫން

    10
    3